ENGLISH
02 ޖުލައި 2025
އިންޑިޔާ އާއި ޕާކިސްތާނު ސިފައިން ޙަމަލާތައް ބަދަލުކުރަނީ، ހަނގުރާމައެއް ފެށުމުގެ ބިރު ބޮޑުވެއްޖެ
27 އޭޕްރީލު 2025
|
އިންޑިޔާ އިން ކޮންޓްރޯލް ކުރާ ކަޝްމީރުގެ ސަރަޙައްދުގައި ހަތިޔާރު އެޅި ބަޔަކު އެތަނުގައި ތިބި ޓޫރިސްޓުންނަށް އަމާޒުކޮށް ދިން ބަޑީގެ ޙަމަލާއާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން، ރޭ ވެސް އިންޑިޔާ އާއި ޕާކިސްތާނު ސިފައިން ޙަމަލާތައް ބަދަލުކޮށްފިއެވެ.
މިއީ ސްރީނަގަރާ ގާތްގަނޑަކަށް 90 ކިލޯމީޓަރު ދުރުގައި އޮންނަ ޕަހަލްގަމްގައި އުޅުނު ޓޫރިސްޓުންނަށް އަމާޒުކޮށް ދިން ޙަމަލާގައި 26 މީހަކު މަރައިލި ފަހުން، ދެ ޤައުމުގެ ސިފައިންގެ މެދުގައި ޙަމަލާ ބަދަލުކުރެވުނު ތިން ވަނަ ރެ އެވެ.
އެއާ އެކު، މި ނުތަނަވަސްކަން އިންޑިޔާ އާއި ޕާކިސްތާނާ ދެމެދު ވަރުގަދަ ހަނގުރާމައަކަށް ބަދަލުވެދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
އެ ޙަމަލާގައި ބައިވެރިވި ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ ޕާކިސްތާނުގެ ރައްޔިތުން ކަމަށް އިންޑިޔާ ސަރުކާރުން ވަނީ ބުނެފައެވެ. އަދި އެ ތިން މީހުން ވެސް ނިސްތަބްވަނީ، ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާާތެއް ކަމަށްވާ ލަކްޝަރޭ ޠާއިބާ އަށް ކަމަށް އިންޑިޔާ ސަރުކާރުން ވަނީ ބުނެފައެވެ.
ނަމަވެސް، އެ ޙަމަލާގެ ފަހަތުގައި ޕާކިސްތާނުގެ އަތެއްވާ ކަމަށް ކުރެވޭ ތުހުމަތުތައް ޕާކިސްތާނުގެ ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.
މި ނުތަނަވަސްކަމުގެ ތެރެއިން، އިންޑިޔާގެ ރައްޔިތުންނަށް ވިސާ ދިނުން މެދުކަނޑައިލުމުގެ އިތުރަށް، ޕާކިސްތާނުގައި ތިބި އިންޑިޔާގެ ބައެއް ޑިޕްލޮމެޓުން ވެސް ޕާކިސްތާނުން ވަނީ އަނބުރާ ފޮނުވާލައިފައެވެ.
ޕާކިސްތާނުން މި ފިޔަވަޅު އަޅާފައިވަނީ، ޕާކިސްތާނުގެ ރައްޔިތުންނަށް ވިސާ ދިނުން އިންޑިޔާއިން ވެސް މެދުކަނޑައިލުމުގެ ރައްދުގައެވެ.
މިހާރު ދެ ޤައުމުގެ ދެމެދުގައި ޙާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް، އދ. އިން ވެސް ވަނީ ގޮވާލައިފައެވެ.