ENGLISH
02 ޖުލައި 2025
ސްމާޓްފޯނާއި ކޮމްޕިޔުޓަރުން ޑިޔުޓީ ބޮޑުނުކުރަން އެމެރިކާއިން ނިންމައިފި
13 އޭޕްރީލު 2025
|
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޑިޔުޓީ ބޮޑުކުރުމުގެ ސިޔާސަތުގެ ސަބަބުން އެމެރިކާގެ ރައްޔިތުންނަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ ގޮތުން، ބޭރު ޤައުމުތަކުން އެމެރިކާއަށް އެތެރެކުރާ ސްމާޓްފޯނާއި ކޮމްޕިޔުޓަރު ފަދަ އިލެކްޓްރޯނިކް ސާމާނު އިސްތިސްނާކޮށްފިއެވެ.
ކަސްޓަމްސް އެންޑް ބޯޑަރ ޕްރޮޓެކްޝަން އޮފީހުން ޝާއިޢުކުރި އިސްތިސްނާގައި، އެމެރިކާއަށް އެތެރެކުރާ ޗައިނާގެ މުދަލުން 145 ޕަސެންޓު ޑިޔުޓީ ނަގަން ނިންމާފައިވާ ތަކެތީގެ ތެރޭގައި ޗައިނާއިން ގެންނަ ސްމާޓްފޯނު ފަދަ އިލެކްޓްރޯނިކް ސާމާނު ވެސް ހިމެނެއެވެ.
މިދިޔަ ޖެނުއަރީ މަހު އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް ޓްރަމްޕް ވަޑައިގެންނެވި ފަހުން، އެކި ފަހަރުމަތިން ޑިޔުޓީ ބޮޑުކުރަމުން އައިސް، ޗައިނާއިން އެތެރެކުރާ މުދަލުން ނަގާ ޑިޔުޓީ މިހާރު ވަނީ 145 ޕަސެންޓުން މައްޗަށް ޖައްސައިފައެވެ.
މީގެއިތުރުން، ސެމިކޮންޑަކްޓަރު ވެސް ވަނީ ގިނަ ޤައުމުތަކަކުން ނަގާ 10 ޕަސެންޓުގެ ޓެރިފާއި ޗައިނާއަށް އިތުރުކުރި 125 ޕަސެންޓުގެ ޓެކްސްއިން ވެސް އުނިކޮށްފައެވެ.
އިސްތިސްނާ ލިސްޓުގައި އެމެރިކާއިން ހިމެނި ހާޑް ޑްރައިވާއި ކޮމްޕިއުޓާ ޕްރޮސެސަރު ފަދަ ގިނަ އުފެއްދުންތަކަކީ އާންމުގޮތެއްގައި އެމެރިކާގައި އުފައްދާ ތަކެއްޗެއް ނޫނެވެ.
ދުނިޔޭގެ ބޮޑެތި ބައެއް ޤައުމުތަކަށް ޓްރަމްޕް އިޢުލާނުކުރެއްވި ޑިޔުޓީގެ އިންސައްތައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދީ ހަނގުރާމައެއް ފެށުމުގެ ފުރުޞަތު ވަނީ ބޮޑުވެފައެވެ.
މިގޮތުން، ޔޫރަޕުގެ އިއްތިހާދު، ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޤައުމުތަކަށް ވެސް 20 ޕަސެންޓުން ޑިޔުޓީ ބޮޑުކުރަން އެމެރިކާއިން އޮތީ ނިންމައިފައެވެ.
ބާކީ ތިބި ގިނަ ޤައުމުތަކުން އެތެރެކުރާ މުދަލުން 10 ޕަސެންޓުން ޑިޔުޓީ ވަނީ ބޮޑުކޮށްފައެވެ.
ނަމަވެސް، ދުނިޔޭގެ ބާޒާރަށް އެރި ލޮޅުންތަކާ އެކު، ޓްރަމްޕް ވަނީ އޭގެތެރެއިން ގިނަ ޤައުމުތަކަށް ޑިޔުޓީ ބޮޑުކުރުން 90 ދުވަހަށް ފަސްކުރަން ނިންމަވައިފައެވެ.
ނަމަވެސް، އެމެރިކާއާ އެންމެ ވާދަވެރި ޗައިނާއަށް އެ ލުއި ޓްރަމްޕް ދެއްވައިފައެއް ނުވެއެވެ.
އޭގެ ރައްދުގައި، އެމެރިކާއިން އެތެރެކުރާ މުދަލުން ނަގާ ޑިޔުޓީ 125 ޕަސެންޓުން ބޮޑުކުރަން ޗައިނާއިން ވަނީ ނިންމައިފައެވެ.