ENGLISH

02 ޖުލައި 2025

Advertisement

ޣައްޒާގެ ތިން ބައި ކުޅަ ދެ ބައި އިޒްރޭލުން ވަނީ އިސްތިޢުމާރު ކޮށްފައި: އދ.

05 އޭޕްރީލު 2025

|

ހަސަން އާމިރު

ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން ބޭރުކޮށް، އެތަނުގެ ތިން ބައި ކުޅަ ދެ ބައި މިހާރު އިޒްރޭލުގެ ފައުޖުން އިސްތިޢުމާރުކޮށްފައިވާ ކަމަށް، އދ.ގެ އިންސާނީ އެހީ ފޯރުކޮށްދޭ ޖަމާޢަތް، އޯސީއެޗްއޭ އިން ބުނެފިއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މި މަހުގެ 18 އިން ފެށިގެން ވަނީ ޣައްޒާއަށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފައެވެ.

އޭގެފަހުން އިޒްރޭލުގެ އަނިޔާވެރިކަން ވަނީ އެތައް ދަރަޖައަކަށް މަތިކޮށްފައެވެ. އިޒްރޭލުން މިހާރު ދަނީ ހޮސްޕިޓަލުތަކާއި ގެދޮރު ގެއްލިފައިވާ މީހުން ތިބޭ ވަގުތީ ހިޔާތަކަށް ވެސް ގަސްދުގައި ޙަމަލާތައް ދެމުންނެވެ.

ވައިގެ މަގުން ދޭ ޙަމަލާތަކުގެ އިތުރުން، އިޒްރޭލުގެ ފައުޖުން ވަނީ އެއްގަމުން ވެސް ޣައްޒާއަށް ވަދެގަނެ، ރައްޔިތުން ފައްސާލައި، އެކި ސަރަޙައްދުތައް އިސްތިޢުމާރު ކުރަމުންނެވެ.

މިގޮތުން، ރަފަޙް ސިޓީ ދޫކޮށްދިޔުމަށް އެންގުމަށްފަހު، އިޒްރޭލު ސިފައިން މިހާރު ވަނީ އެ ސިޓީއަށް ވެސް ވަދެގެންފައެވެ.

އިޒްރޭލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ، މި އޮޕަރޭޝަންގެ ބޭނުމަކީ ޙަމާސްގެ ސަރަޙައްދުތައް އިޒްރޭލުގެ ބާރުގެ ދަށަށް ގެނެސް، އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ބާކީތިބި އަސީރުން މިނިވަންކުރަން މަޖުބޫރުކުރުވުން ކަމަށެވެ.

ސުލްޙައިގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިނިވަންކުރި އަސީރުންގެ އިތުރަށް، ޙަމާސްގެ ބެލުމުގެ ދަށުގައި 59 އަސީރުން ތިބި ކަމަށް އިޒްރޭލުން ޤަބޫލުކުރެއެވެ.

ނަމަވެސް، އެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހި ފަށައި، އެ އަސީރުން މިނިވަންކުރުމުގެ ބަދަލުގައި އިޒްރޭލުން ބޭނުންވަނީ ގަދަބާރުން އެކަން ކުރާށެވެ.

ޣައްޒާގެ އެކި ސަރަޙައްދުތަކުން ފަލަސްތީނުގެ ރައްޔިތުން ފައްސަމުންދާއިރު، ފަލަސްތީނުގެ އެތައް ހާސް ނިކަމެތި ރައްޔިތުން ހިމާޔަތް ހޯދަން ދާނެ އިތުރު ސަރަޙައްދެއް ނެތް ކަމަށް ބައިނަލްއަޤްވާމީ އެހީދޭ ޖަމާޢަތްތަކުން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު