ENGLISH

27 މާރިޗު 2025

Advertisement

އެމްޑީޕީގެ މުޒާހަރާގައި ކުޑަކުދީންގެ ޙައްގުތައް ގެއްލޭގޮތަށް ސާބިތުނުހިފޭ ވާހަކަތައް ދެއްކުމުން އެކަން އިލެކްޝަންސް ކޮމިޝަނުން ކުށްވެރި ކޮށްފި

13 މާރިޗު 2025

|

އަޙުމަދު ޙަމީދު

އިލެކްޝަން ކޮމިޝަންގެ ރައީސް އަދި ނާއިބު ރައީސް

އިދިކޮޅު އެމްޑީޕީގެ މުޒާހަރާގައި ކުޑަކުދީންގެ ޙައްގުތައް ގެއްލޭގޮތަށް ސާބިތުނުހިފޭ ވާހަކަތައް ދެއްކުމުން އެކަން އިލެކްޝަންސް ކޮމިޝަނުން ވެސް ކުށްވެރި ކޮށްފި އެވެ.

ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕާޓީތަކަށް ސިޔާސީ ހަރަކާތްތައް ހިންގުމަށް މަގުފަހިކޮށްދީފައިވަނީ ޤާނޫނު އަސާސީއާ ސިޔާސީ ޕާޓީގެ ޤާނޫނާ ޤަވާއިދާ ރާއްޖޭގައި ޢަމަލު ކުރަމުންދާ އެހެނިހެން ޤާނޫނާއި ޤަވާއިދުތަކުގެ ހުދޫދުގެ ތެރެއިންކަން ހަނދާން ކޮށްދޭ ކަމަށެވެ.

އެމްޑީޕީން މިހާރު ހިންގަމުންދާ ސިޔާސީ ހަރަކާތްތައް ހިންގުމުގައި ވެސް އެ އުސޫލުން އަމަލުކުރުމަށް ހަނދާންކޮށްދެމުން ކޮމިޝަންގެ ބަޔާނުގައި ބުނެފައި ވަނީ އެމްޑީޕީގެ މުޒާހަރާގައި ކުޑަކުދީންގެ ޙައްގުތައް ގެއްލޭގޮތަށް ސާބިތުނުހިފޭ ވާހަކަތައް ދެއްކުމާއި އެ ކުދީންގެ ކަރާމާތާއި ނަފްސާނީ ދުޅަހެޔޮ ކަމަށް އަސަރުކުރާނެ ފަދަ ވާހަކަ ދެއްކުން އިލެކްޝަންސް ކޮމިޝަނުން ކުށްވެރިކުރާ ކަމަށެވެ.

އަދި ސުކޫލީ މިންގަނޑާއި ޚިލާފަށް މުޖްތަމަޢުގައި ރުޅިވެރިކަމާއި ނަފްރަތު ނުއުފެއްދުމަށާއި، ޒާތީ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިޔުމަށާއި، ހަޤީޤަތާއި ޚިލާފު ސާބިތުނުހިފޭ ވާހަކަ ނުދެއްކުމަށް އިލްތިމާސް ނަސޭހަތްތެރިވެފައިވެ އެވެ.

އެމްޑީޕީގެ މުޒާހަރާގައި އެފަދަ މޭރުމުން ވާހަކަ ދައްކާ ކުޑަކުއްޖެއްގެ ކަރާމާތަށް އަރައިގަތީ އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) އެވެ. އޭނާ ވަނީ ރާއްޖޭގައި ވޭޕު މަނާކުރި ސަބަބު އޮޅުވާލަން މަސައްކަތް ކޮށް އެކަމާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާއި ގުޅުވާ ދޮގު ވާހަކަތަކެއް ދައްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު