ENGLISH

27 މާރިޗު 2025

Advertisement

އެމްޑީޕީގެ މުޒާހަރާގައި ކުޑަކުދީންގެ ކަރާމާތަށް އަރައިގަންނާތީ އެޗްއާރުސީއެމުން އެކަން ކުށްވެރި ކޮށްފި

13 މާރިޗު 2025

|

އަޙުމަދު ޙަމީދު

އެޗްއާރުސީއެމްގެ ނަންބޯޑް

އިދިކޮޅު އެމްޑީޕީން މިހާރު ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭގެ މުޒާހަރާގައި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ވާހަކަދައްކާފައިވާތީ އެކަން އެޗްއާރުސީއެމުން ކުށްވެރިކޮށްފިއެވެ.

އެމްޑީޕީގެ މުޒާހަރާގައި އެފަދަ މޭރުމުން ވާހަކަ ދައްކާ ކުޑަކުއްޖެއްގެ ކަރާމާތަށް އަރައިގަތީ އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ)  އެވެ. އޭނާ ވަނީ ރާއްޖޭގައި ވޭޕު މަނާކުރި ސަބަބު އޮޅުވާލަން މަސައްކަތް ކޮށް އެކަމާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާއި ގުޅުވާ ދޮގު ވާހަކަތަކެއް ދައްކާފައެވެ.

އެކަން ކުށްވެރިކޮށް އެޗްއާރުސީއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޭގެ މުޒާހަރާގައި ކުޑަކުއްޖަކަށް ނިސްބަތްކޮށް ކަރާމާތަށް އުނިކަން ލިބޭ ފަދަ ގޮތަކަށް ވާހަކަދައްކާފައިވުމަކީ ހިޔާލުފާޅުކުރުމުގެ ނަމުގައި އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ. އަދި ރޭގެ އެ އަމަލު ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. 

މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައިދެއްވުމަށް ކަމާބެހޭ ފަރާތްތަކަށް ވެސް އެ ކޮމިޝަނުން ވަނީ ގޮވާލާފައެވެ. އަދި ބުނީ ކުޑަކުދިންނަކީ ހާއްސަ ރައްކާތެރިކަމެއް ޤާނޫނު އަސާސީ އާއި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، ކުޑަކުދިންގެ ހަައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ މުއާހަދާއިން ލިބިދީފައިވާ ބަޔަކަށް ވީހިނދު، އެކުދިންގެ ކަރާމަތާއި އަބުރަށް އުނިކަން ލިބޭފަދަ ގޮތަކަށް ސީދާގޮތުންވެސް އަދި ނުސީދާގޮތުންވެސް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

"ޤާނޫނު އަސާސީން  ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ކުރުމުގައި އެކަކު އަނެކާގެ ހައްޤުތަކަށް އުނިކަން ނުލިބޭނެ ފަދަ ގޮތަކަށް ޒިންމާދާރުކަމާއެކު ހައްޤުގެ ބޭނުންކުރުމަށް އިލްތިމާސްކުރަން" އެޗްއާރުސީއެމްގެ ބަޔާނުގައި ވެ އެވެ.

އެމްޑީޕީއަކީ އަބަދުވެސް އެ ޕާޓީގެ މަގުމަތީ ހަރަކާތްތަކުގައި ވާދަވެރީންގެ އާއިލާތަކަށް މިފަދަ އިން ފުރައްސާރަކޮށް ކަރާމާތަށް އުނިކަން އަންނަ ފަދަ ކަންކަން ކުރާ ޕާޓީ އެކެވެ.

ކިޔުންތެރިންގެ ހިޔާލު