ENGLISH

27 މާރިޗު 2025

Advertisement

ޕީސީބީގެ ރައީސަކަށް އަނަސް ހަމަޖައްސަވައިފި

13 މާރިޗު 2025

|

އަޙުމަދު ޙަމީދު

ޕީސީބީގެ ރައީސް

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް މަޤާމަށް ބޭފުޅަކު ހަމަޖައްސަަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ޕީސީބީގެ ރައީސްގެ މަޤާމަށް ގއ. ދެއްވަދޫ، ދޭލިޔާގެ މުޙައްމަދު އަނަސް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަނުކުރައްވައިފި ކަމަށެވެ.

މުޙައްމަދު އަނަސް އަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މުޙައްމަދު އަނަސް މީގެ ކުރިން އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ނައިބުކަމާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަންގެ އޮޑިޓް މެނޭޖަރުކަމާއި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސަރކަމުގެ މަގާމު ވެސް ހިމެނެ އެވެ.

ޕީސީބީގެ ރައީސްގެ މަގާމުގައި ކުރީން ހުންނެވި ހަމްދީ އަގީލް މަޤާމުން ވަކިކުރެއްވީ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު