ENGLISH

26 ޖުލައި 2026

Advertisement

މިއަދު އޮތް އެންމެ ބުރަ މަސްއޫލިއްޔަތަކީ، ކާބަފައިން ފުރާނަދީގެން ހޯދި މިނިވަންކަން ދެމެހެއްޓުން: ރައީސް

26 ޖުލައި 2026

|

ޢަލީ ޝަހީމް

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

އެންމެ ބުރަ މަސްއޫލިއްޔަތަކީ، ކާބަފައިން ފުރާނަދީގެން ހޯދި މިނިވަންކަން ދެމެހެއްޓުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މިިއަދު ރާއްޖޭގައި ފާހަގަކުރާ 61 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ވިދާޅުވެ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ފަހުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ، މިނިވަންކަމުގެ ކާމިޔާބީއަށްޓަކައި ގުރުބާންވި ބަތަލުންނަށް ހެޔޮދުއާ ރައްދުކުރައްވައިފައެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކާބަފައިން ފުރާނަދީގެން ހޯދި މިނިވަންކަން ދެމެހެއްޓުމަކީ މިއަދު އެންމެންނަށް އޮތް އެންމެ ބުރަ މަސްއޫލިއްޔަތު ކަމަށެވެ. މިގޮތުން ގައުމީ ލޯބި އިސްކޮށް، މުޖުތަމައުގެ ބަދަހި ގުޅުންތައް އޮންނަން ބޭނުންފުޅުވާކަމަށް ވިދާޅުވިއެވެ. 

"މިއަދު އަޅުގަނޑުމެންނަށް އޮތް އެންމެ ބުރަ މަސްއޫލިއްޔަތަކީ، ކާބަފައިން ފުރާނަދީގެން ހޯދި މިނިވަންކަން ދެމެހެއްޓުން. މި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، ޤައުމީ ލޯބި އިސްކުރުމާއި، ޒުވާނުންގެ ޤާބިލުކަން އިތުރުކުރުމަށާއި، އަމިއްލަވަންތަކަމަށް އޮތް ފަޚުރުވެރިކަން ދެމެހެއްޓުމަށާއި، މުޖުތަމައުގައި ބަދަހި ގުޅުމެއް އޮތުން އިންތިހާއަށް ބޭނުން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޕޯސްޓުގައި ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ސިފަތަކުން ސިފަ ލިބިގަނެ، މިނިވަންކަމާއެކު ގައުމައިގެން ކުރިއަށް ދިއުމަށް އިލްތިމާސްކުރައްވައިފައެވެ. އެމަނިކުފާނުގެ ޕޯސްޓް ނިންމަވާލެއްވީ "ކާމިޔާބު ހިނިތުންވާނީ ހިންމަތްތެރިންގެ ފަހަތުން!" ކަމަށް ވިދާޅުވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު