ENGLISH

25 ޖުލައި 2026

Advertisement

ހުޅުމާލެ ސިންތެޓިކް ޓްރެކުގައި ޑިޖިޓަލް ގަޑިއެއް ބަހައްޓައިފި

25 ޖުލައި 2026

|

އިސްމާއިލް ޝާހު

ހުޅުމާލެ ސިންތެޓިކް ޓްރެކުގައި ބެހެއްޓި ޑިޖިޓަލް ގަޑި އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

ކްލިކް މޯލްޑިވްސްގެ ދީލަތި އެހީތެރިކަމާއެކު، ހުޅުމާލެ ސިންތެޓިކް ޓްރެކުގައި އައު ޑިޖިޓަލް ގަޑިއެއް ބަހައްޓައިފިއެވެ.

މި ގަޑީގެ ސަބަބުން ކުޅުންތެރިންނަށާއި އާންމުކޮށް ކަސްރަތުކުރާ ފަރާތްތަކަށް، ތަމްރީނުތަކާއި ކުޅިވަރުގެ އެކި ހަރަކާތްތަކުގައި ވަގުތު ބެލުމަށް ފަސޭހަވެގެންދާނެ ކަމަށް ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

ނިމިދިޔަ އަހަރުގެ އޮގަސްޓް މަހު މާލޭ ސިންތެޓިކް ޓްރެކަށްވެސް ކްލިކް މޯލްޑިވްސްއިން ޑިޖިޓަލް ގަޑިއެއް ހަދިޔާކޮށްފައިވާތީ، އެކަން ފާހަގަކުރައްވައި، ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ އެ ކުންފުނިން ވެދެއްވި އަގުހުރި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު