ENGLISH

26 ޖުލައި 2026

Advertisement

ވޯލްޑް ކަޕުން ވިދާލި ކީޕަރު ވޮޒީނިއާ، ޗިލީގެ ކުލަބަކަށް

25 ޖުލައި 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުން ބޮޑު ސަމާލުކަމެއް ހޯދި ކާބޯ ވާޑޭގެ ގޯލްކީޕަރު ވޮޒީނިއާ --- ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕް 2026 ގައި އެންމެ ބޮޑު ސަމާލުކަމެއް ހޯދި ކާބޯ ވާޑޭގެ ގޯލްކީޕަރު ވޮޒީނިއާ، ޗިލީގެ މަޝްހޫރު ކުލަބު ކޯލޯ ކޯލޯއާ ގުޅުމަށް އެއްބަސްވެފައިވާ ކަމަށް އެ ކުލަބުގެ ރައީސް އަނިބަލް މޮސާ ހާމަކުރައްވައިފިއެވެ.

ކޯލޯ ކޯލޯ އާއި ޑިޕޯޓްސް ލިމާޗޭ ބައްދަލުކުރާ ލީގު މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަމުން މޮސާ ވިދާޅުވީ އުމުރުން 40 އަހަރުގެ ކީޕަރު ޗިލީއަށް ދަތުރުކޮށް، މެޑިކަލް ޓެސްޓުތައް ފުރިހަމަކުރުމަށްފަހު، އެސްޓާޑިއޯ މޮނިއުމެންޓަލްގައި ރަސްމީކޮށް ސަޕޯޓަރުންނަށް ދައްކާލާނެ ކަމަށެވެ.

"ވޮޒީނިއާ ވެގެންދާނީ ކޯލޯ ކޯލޯގެ ކުޅުންތެރިއަކަށް. ކުރިއަށް އޮތް ދުވަސްތަކުގައި އޭނާ ޗިލީއަށް އައިސް، މެޑިކަލް ޓެސްޓުތަކަށްފަހު މި ދަނޑުގައި އޭނާ ތައާރަފުކުރެވޭނެ،" މޮސާ ވިދާޅުވިއެވެ.

މީގެއިތުރުން މޮސާ ފާހަގަކުރެއްވި ގޮތުގައި، ވޯލްޑް ކަޕުގައި ވޮޒީނިއާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން އޭނާއަށް މިފަދަ ފުރުސަތެއް ހައްގުވެއެވެ. އަދި މިއީ ކލަބުގެ މާކެޓިންގ ވަރުގަދަކުރުމަށްވެސް ލިބުނު ރަނގަޅު ފުރުސަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޕޯޗުގަލްގެ ދެވަނަ ޑިވިޝަނުގެ ޗާވޭސް ދޫކޮށް ވޯލްޑް ކަޕަށް ދިޔަ ވޮޒީނިއާ ވަނީ ފީފާއިން ހޮވި ސަޕޯޓަރުންގެ ޑްރީމް ޓީމުގައި ހިމެނިފައެވެ. އޭނާ ވަނީ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގައި ވާދަކުރި ކާބޯ ވާޑޭގެ ޓީމު ގޮވައިގެން، ޗެމްޕިއަންކަން ހޯދި ސްޕެއިނާ ދެކޮޅަށް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުކޮށްދީފައެވެ. އަދި ދެވަނަ ބުރުގައި ރަނަރަޕް އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް އޭނާ ވަނީ އާދަޔާޚިލާފު މޮޅު ކުޅުމެއް ދައްކައި، މެޗު އިތުރު ވަގުތުގެ ދެ ހާފާ ހަމައަށް ގެންގޮސްދީފައެވެ. 

ކިޔުންތެރިންގެ ހިޔާލު