ENGLISH

22 ޖުލައި 2026

Advertisement

ތިން ކުންފުންޏެއްގެ ބޯޑު ޑިރެކްޓަރުކަމުގެ މަގާމަށް ބޭފުޅުން އައްޔަންކޮށްފި

22 ޖުލައި 2026

|

އައިމިނަތު ޝަފާ

ސަރުކާރު ހިއްސާވާ ތިން ކުންފުނީގެ ބޯޑު ޑިރެކްޓަރުކަމުގެ މަގާމަށް އައްޔަނުކުރެއްވި ބޭފުޅުން.

ސަރުކާރު ހިއްސާވާ ތިން ކުންފުންޏެއްގެ ބޯޑު ޑިރެކްޓަރުކަމުގެ މަގާމަށް ބޭފުޅުން އައްޔަންކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރެއްވީ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ، މޯލްޑިވްސް ފަންޑް މެނޭޖުމަންޓް ކޯޕަރޭޝަން އަދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ މަގާމަށެވެ.

އެގޮތުން ބީސީސީގެ ބޯޑުން ހުސްވެފައިވާ ސަރުކާރު ތަމްސީލުކުރާ ޑިރެކްޓަރުކަމުގެ މަގާމަށް އައްޔަންކޮށްފައިވަނީ ސ. ހިތަދޫ، މީނާޒް، އީނާސް ނަޞީރެވެ. މޯލްޑިވްސް ފަންޑް މެނޭޖުމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް އައްޔަންކޮށްފައިވަނީ ހއ. ތަކަންދޫ، ރަތްވިލާގެ، ޙުސެއިން ޢަބްދުލްވާޙިދެވެ. އަދި މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް އައްޔަންކޮށްފައިވަނީ ސ.ފޭދޫ، އާބާދީގެ، ފާޠިމަތު ޣާޒިޔާ ފަތުޙީ އެވެ. 

ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނަން ފޮނުވުމުން، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުންނެވެ.

ކިޔުންތެރިންގެ ހިޔާލު