ENGLISH
22 ޖުލައި 2026
ފުވައްމުލަކު ސިޓީ މަގުހެދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް
22 ޖުލައި 2026
|
ފުވައްމުލަކު ސިޓީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ފުވައްމުލަކު ސިޓީގެ މަގުތައް ފަރުމާކޮށް ބިނާކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހަލުވިކަމާއެކު ކުރަމުން އަންނަ ކަމަށް އެކުންފުނިން ބުނެފިއެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ސެޓްލްމަންޓް ޓޭންކްތައް ބެހެއްޓުމާއި، ހޮޅި އެޅުމުގެ އިތުރުން ކޭބަލް ޖަންކްޝަންތަކާ ގުޅޭ މަސައްކަތްތައް ހިމެނެއެވެ. އަދި މަގުތަކުގެ ދެފަރާތުގައި ކާބްސްޓޯން ޖެހުމާއި، ގާ އެތުރުމުގެ މަސައްކަތްތަކުގެ އިތުރުން، ކުރިން ތާރު ނޭޅި ހުރި ކުދި މަގުތަކުގައި ތާރު އެޅުމުގެ ތައްޔާރީތައް ވަނީ ފަށާފައެވެ.
ފުވައްމުލަކު ސިޓީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ
މި މަޝްރޫއަކީ ސަރުކާރުން 255.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މި މަޝްރޫޢުގެ ދަށުން ކުރަން ހަމަޖެހިފައިވާ މައިގަނޑު ކަންތައްތަކަކީ:
މި މަޝްރޫޢުގެ ދަށުން ފުވައްމުލައް ސިޓީގެ 52 މަގެއްގައި ތާރު އެޅުމަށް ހަމަޖެހިފައިވާއިރު، މިހާރުވެސް 14 މަގެއްގެ މަސައްކަތް އަންނަނީ އެއްފަހަރާ ކުރަމުންނެވެ.
މި ސަރުކާރު ހަވާލުވިއިރު މެދުކެނޑިފައި އޮތް މި މަޝްރޫޢުގެ މަސައްކަތް އަލުން ފަށައި، ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަކީ އެ ސިޓީގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ދާއިރާއިން ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެކެވެ. މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީވުމުން، ދިރިއުޅުމުގެ ފެންވަރަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.