ENGLISH
21 ޖުލައި 2026
ވިސާއާނުލާ ތައިލެންޑަށް ދަތުރުކުރެވޭ މުއްދަތު 30 ދުވަހަށް އިތުރުކުރުމަށް ނިންމައިފި
20 ޖުލައި 2026
|
ތައިލެންޑް.
އެންމެ މަޤްބޫލު
ވިސާއާ ނުލައި ދިވެހިންނަށް ތައިލެންޑަށް ދަތުރުކުރެވޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް އިތުރުކޮށްދިނުމަށް ނިންމައިފިއެވެ.
ދިވެހި ހާރިޖިއްޔާއިން ބުނީ މިގޮތަށް ނިންމީ ތައިލެންޑުގެ ކެބިނެޓުން ވިސާ ޕޮލިސީ މުރާޖާކޮށް އާއްމުކުރި ނިންމުމުގައިކަމަށެވެ.
ތައިލެންޑުގެ ކެބިނެޓުން ވިސާ ޕޮލިސީ މުރާޖާކުރުމަށްފަހު މި މަހުގެ 14 ވަނަ ދުވަހު ނިންމާފައިވަނީ ވިސާއާ ނުލާ ދިވެހިންނަށް ދަތުރުކުރެވޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް އިތުރުކޮށްދިނުމަށެވެ. އައު ވިސާ ޕޮލިސީގައި ވިސާއާ ނުލައި އެގައުމަށް 30 ދުވަހަށް ދަތުރުކުރެވޭގޮތަށް އަލަށް ހަމަޖައްސައިދިން ގައުމުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ އިތުރުން އިންޑިއާ، ކްރޮއޭޝިއާ، ބަލްގޭރިއާ، ސައިޕްރަސް، އަދި މޯލްޓާ ހިމެނެއެވެ.
މީގެ ކުރިން، 19 މެއި 2026 ގައިތައިލެންޑުގެ ކެބިނެޓުން ވިސާ ޕޮލިސީއަށް ގެނައި ބަދަލުގައި، 93 ގައުމެއްގެ ފަތުރުވެރިންނަށް ވިސާއާ ނުލާ އެ ގައުމުގައި ތިބެވޭ މުއްދަތު 60 ދުވަހަށްވުރެ ކުޑަކުރުމަށް ވަނީ ނިންމާފައެވެ.
މިކަމާ ގުޅިގެން ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ތައިލެންޑްގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި މިނިސްޓާ އޮފް ފޮރިން އެފެއާޒް، ސިހާސަކް ފަންގްކެޓްކޯ އާއިއެކު ކުރެއްވި މަޝްވަރާއަށް ފަހު ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާނުލާ ތިބެވޭ މުއްދަތު އިތުރުކޮށްދިނުމަށް ނިންމިއެވެ.
ތައިލެންޑްގެ ވިސާއަށް ގެނައުމަށް ނިންމާފައިވާ ބަދަލުތަކަށް އަމަލުކުރަން ފަށާނީ، މި ނިންމުން ތައިލެންޑްގެ ރޯޔަލް ގެޒެޓްގައި ޝާއިއުކުރާތާ 15 ދުވަސް ފަހުންނެވެ. އެހެންކަމުން، އެކަން އާއްމުކޮށް އިއުލާން ކުރެވެންދެން، ދިވެހިންނަށް 60 ދުވަހަށް ވިސާއާނުލާ ތައިލެންޑަށް އަދި ދަތުރު ކުރެވޭނެއެވެ.