ENGLISH

21 ޖުލައި 2026

Advertisement

ސްކޫލު ބަންދުގައި 4،000 އަށްވުރެ ގިނަ ދިވެހިން އުމްރާއަށް ފުރައިފި

20 ޖުލައި 2026

|

އައިމިނަތު ޝަފާ

އުމްރާވެރިންތަކެއް-- ފޮޓޯ: ޖަވިޔަނި

ސްކޫލު ބަންދާ ދިމާކޮށް 4،000 އަށްވުރެ ގިނަ ދިވެހިން އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ގޮސްފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މި ދުވަސްވަރު ތަފާތު ގްރޫޕުތަކާއެކު އުމްރާއަށް ގޮސްފައިވާ ދިވެހިންގެ އަދަދު 4،000 އަށްވުރެ އިތުރު ކަމަށާއި، ހުރިހާ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

މިއަހަރުގެ ސްކޫލް ފުރަތަމަ ޓާމް ޗުއްޓީ މިހާރު ފެށިފައިވާއިރު ކޮންމެ އަހަރެއްގެ ސުކޫލު ބަންދާ ދިމާކޮށްވެސް ގިނަ ބަޔަކު އުމްރާގެ އަޅުކަން އަދާކުރަން ސައުދީ އަރަބިއްޔާއަށް ދެއެވެ. އެގޮތުން މިދިޔަ ސުކޫލް ބަންދުގައި 7،000 އަށްވުރެ ގިނަ ދިވެހިން ވަނީ އުމްރާގެ އަޅުކަން ފުރިހަމަކޮށްފައެވެ.

ބަންދާ ދިމާކޮށް އުމްރާއަށް ދާ ދިވެހިންގެ އަދަދު އިތުރުވަމުން އަންނައިރު އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ސައުދީ އަރަބިއްޔާއަށް އުމްރާ ދަތުރުތައް ވަނީ ފަށާފައެވެ.

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ފެށި މި ދަތުރުތަކުގައި ބޭނުންކުރަނީ ގައުމީ އެއާލައިން މޯލްޑިވިއަނުގެ އޭ-330 މަރުކާގެ މަތިންދާބޯޓެވެ. 

މި ދަތުރުތަކުގެ ސަބަބުން ހައްޖާއި އުމްރާއަށް ދާ ދިވެހިން ދަތުރުގައި އުފުލަންޖެހޭ ތަކްލީފްތައް ކުޑަވެ، އިތުރު ފަސޭހަތައް ލިބިގެންދާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު