ENGLISH

17 ޖުލައި 2026

Advertisement

ކުނި މެނޭޖްކުރުމާއި ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން އޭޑީބީއާއެކު މަޝްވަރާކޮށްފި

17 ޖުލައި 2026

|

އައިމިނަތު ޝަފާ

ދިވެހިރާއްޖޭގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށާއި، ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

އޭޑީބީގެ ސައުތު އޭޝިއާ ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް އެމް.އެސް ސޯނާ ޝްރެސްތާ އަދި އެ ބޭންކުގެ ވަފުދާ ބައްދަލުކުރެއްވުމުގެ މައިގަނޑު މަގްސަދަކީ ކުނި މެނޭޖްކުރުމާއި ހަކަތައިގެ ދާއިރާއިން ރާއްޖެއާއި އޭޑީބީއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، މިހާރު ކުރިއަށްދާ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކުރުންކަމަށް ވުޒާރާއިން ބުންޏެވެ. މި ބައްދަލުވުމުގައި ދެފަރާތުން ވަނީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކުގައި އޭޑީބީން ދެމުންދާ އެހީތެރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މި ދާއިރާތަކުން ގުޅުން ބަދަހިކޮށް، ރާއްޖެއަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިވާކަމަށް ވުޒާރާއިން ބުންޏެވެ.

ވުޒާރާއިން ބުނީ މި ބައްދަލުވުމަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމެއްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު