ENGLISH

11 ޖުލައި 2026

Advertisement

ވާދަވެރިންގެ މިސްރާބު ސީދަލެއް ނޫން، ރައްޔިތުންނަށް ހިދުމަތް ދޭނީ ކިހިނެތް؟: މެމްބަރު މުފީދު

11 ޖުލައި 2026

|

އައިމިނަތު ޝަފާ

މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބްދުލްގާދިރު އެމްއެމްޓީވީގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަންނަވަނީ.

ވާދަވެރިންގެ މިސްރާބު ސީދާ ނޫންއިރު އެފަދަ ބަޔަކަށް ރައްޔިތުންނަށް ހިދުމަތް ދެވޭނީ ކިހިނެތްތޯ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބްދުލްގާދިރު ސުވާލު އުފައްދަވައިފިއެވެ. 

މިއަދު ކުރިއަށްދާ ކޮންރެސް ޕާޓީގެ އެތެރޭގެ އިންތިހާބުގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް "އެމްއެމްޓީވީ" ން ގެނެސްދިން ހާއްސަ ކަވަރޭޖުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން މެމްބަރު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ޕާޓީތައް ހަދައި އެ ޕާޓީތައް އުވާލައި އަނެއްކާވެސް އިހު ހުރި ޕާޓީތަކަށް ރުޖޫއަވުންފަދަ ރައްޔިތުން ލީޑަރުންނާމެދު އިތުބާރު ގެއްލޭފަދަ އެތައް ކަމެއް ފެނިފައިވާކަމަށެވެ. 

"މާނައަކީ އެބޭފުޅުންގެ ތެރޭގައި ނެތޭ މިސްރާބު ސީދާވެފައެއް، މިސްރާބު ސީދާ ނޫންކަމުން ސަމުގާގެ ކަށި އެބަ ހޫރެއޭ، ސަމުގާގެ ކަށި ނުހުއްޓެއޭ އެއްދިމާލަކަށް. އެހެންކަމަށްވާނަމަ ކިހިނެތްތޯއޭ އެފަދަ ބޭފުޅުން ރައްޔިތުންނަށް ހިދުމަތްކުރުމަށް ވަލިއްޔުލްއަމުރުގެ މަގާމަށް އައިސްގެން ހިދުމަތެއް ކުރާނީ، އެއީ ރައްޔިތުން ވިސްނަންޖެހޭކަމެއް،". މެމްބަރު ވިދާޅުވިއެވެ. 

މެމްބަރު ވަނީ ކޮންމެ ގައުމެއްވެސް ދުނިޔެވީ ތަހުޒީބުގެ ތެރެއިން ކުރިއަރައި ދިއުމަށް ބޭނުންވާއިރު އެފަަދަ ލީޑަރަކާއެކު ގައުމެއް ކުރިއަށްދާނީ ކިހިނެތްތޯ ސުވާލު އުފައްދަވާފައެވެ. 

ޕީއެންސީގެ އެތެރޭގައި އެއްވެސް ބައިބައިވުމެއް ނެތްކަމަށާއި 2028 އަށް ޕީއެންސީގެ އަމާޒު ވަރަށް ސާފުކަމަށް މެމްބަރު ވިދާޅުވިއެވެ. އެގޮތުން ޕީއެންސީގެ އެންމެ މަތިން ފެށިގެން ތިރިއަށް، ހުރިހާ ގުނަވަނަކުންވެސް މަސައްކަތް ކުރަމުން އަންނަނީ 2028 ގެ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އިތުރު ދައުރެއް ހޯއްދަވާދެއްވުމަށްކަމަށް މެމްބަރު ވިދާޅުވިއެވެ. މެމްބަރު ވަނީ އެކަން ކާމިޔާބު ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ވިދާޅުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު