ENGLISH

09 ޖުލައި 2026

Advertisement

އދ. އޮމަދޫ ބަނދަރުގެ 86 އިންސައްތަ މަސައްކަތް ނިންމާލައިފި

09 ޖުލައި 2026

|

އާމިނަތު ނުޒްލާ

އދ. އޮމަދޫގައި ބަނދަރުގެ މަސައްކަތް ކުރިއަށް ދަނީ - ފޮޓޯ: އެމްޓީސީސީ

އދ. އޮމަދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން ހިލަ ފޯރުކޮށްދިނުމާއި، ހިލަ އެތުރުމުގެ މަސައްކަތްތައް މިހާރު ނިންމާލެވިފަވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މުޅި މަޝްރޫޢުގެ ޖުމްލަ 86 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިންމާލެވިފައެވެ. 

އދ. އޮމަދޫގައި ބަނދަރުގެ މަސައްކަތް ކުރިއަށް ދަނީ - ފޮޓޯ: އެމްޓީސީސީ

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:

  • 49،765 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުން
  • 12،105 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން
  • 346 މީޓަރުގެ ސަރަޙަދެއްގެ އެއްގަމު ތޮށި ލުން
  • 398 މީޓަރުގެ ސަރަޙަައްދެއްގައި ބޭރުތޮށިލުން
  • 208 މީޓަރުގެ ސަރަަޙައްދެއްގެ ރިވެޓްމެންޓް ޖެހުން
  • 1،6470 އަކަ މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ޕޭވްމެންޓް ހެދުން
  • 150 މީޓަރު ދިގު 2 މީޓަރު ފުޅާ ޖެޓީއެއް ހެދުން

މީގެ އިތުރުން، ރޭމްޕެއް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުން ވެސް މި މަޝްރޫއުގައި ހިމެނެއެވެ.

އޮމަދޫ ބަނދަރު ތަރައްޤީ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 2023 ވަނަ އަހަރު އެވެ. އެހެންނަމަވެސް އެކި ސަބަބުތަކާހުރެ އޮމަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު އޮތީ ހުއްޓިފައެވެ.

އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް 2024 ވަނަ އަހަރު ޑިސެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅުގައި އޮމަދޫއަށް ވަޑައިގެން  އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވިދާޅުވީ، ކުރިން ހަދާފައިވާ އދ. އޮމަދޫ ބަނދަރު 25 ވަރަކަށް އަހަރު އަލުން ތަރައްޤީކޮށްދެއްވާނެ ކަމަށެވެ. އަދި ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ލިބިދެނިވި ފަދަ ގޮތަކަށް، ފުރިހަމަ ބަނދަރެއް ހައްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން، އދ. އޮމަދޫގެ ރައްޔިތުންނަށް އެމަނިކުފާނު ދެއްވިއެވެ. 

އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުގައި، ތަރައްްޤީގެ ގިނަ މަޝްރޫޢުތަކުގެ މަސައްކަތް ކުރަމުން ކަން ފާހަގަކޮށްލަންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު