ENGLISH
04 ޖުލައި 2026
މަންފާގެ "ބަންގި" އެޕް، ވަރަށް ސަޅި
04 ޖުލައި 2026
|
މަންފާގެ "ބަންގި" އެޕް ލޯންޗުކުރުން --
އެންމެ މަޤްބޫލު
މަންފާ ޖަމިއްޔާ އިން "ބަންގި" ނަމުގައި ނަމާދު ވަގުތު އަންގައިދޭ އެޕެއް ލޯންޗު ކޮށްފި އެވެ.
މި އެޕް ލޯންޗު ކޮށްފައި ވަނީ "މަންފާ އެކަޑަމީ" އިފްތިތާޙު ކުރުމަށް ރޭ ބޭއްވި ހަފްލާގަ އެވެ. ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލުގެ ހޯލްގައި އޮތް ހަފްލާގައި އިފްތިތާހު ކުރި މަންފާގެ "ބަންގި" އެޕްލިކޭޝަންގައި ނަމާދުގައި ކިޔާ ޒިކުރުތަކާއި ދުއާތައް އަދި ދުއާތަކާއި ޒިކުރުތަކުގެ މާނަ އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ހިމަނާފައިވެ އެވެ.
ނަމާދު ވަގުތު ޖެހުމާއެކު އެކަން އަންގައިދޭ މެސެޖެއް އަންނާނެ އެވެ.
މީގެ އިތުރުން އެހެން ޤައުމެއްގައި ހުރިނަމަ އެ ޤައުމެއްގެ ނަމާދު ވަގުތުތައް އެޕުން އަންގައިދޭނެ އެވެ. އަދި ޤިބުލަ ބުނެދެ އެވެ.
"އައްްތިބްޔާން" އިން ޑިވެލޮޕްކޮށްފައިވާ މި އެޕުން ނަމާދު ވަގުތުގެ އިތުރުން ދެން އޮތް ނަމާދަށް ބާކީ އޮތް ވަގުތުތައް ވެސް އަންގައިދެ އެވެ.