ENGLISH
28 ޖޫން 2026
ރާއްޖެ ޖޫނިއަރ ނެޓްބޯލް ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތު ނައިބު ރައީސްގެ އަނބިކަނބަލުން ޝަރަފުވެރިކޮށްދެއްވައިފި
28 ޖޫން 2026
|
ރާއްޖެ ޖޫނިއަރ ނެޓްބޯލް ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތު ނައިބު ރައީސްގެ އަނބިކަނބަލުން ޝަރަފުވެރިކޮށްދެއްވަނީ ---
އެންމެ މަޤްބޫލު
ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި ބީއެމްއެލް ރާއްޖެ ޖޫނިއަރ ނެޓްބޯލް ޗެމްޕިއަންޝިޕް 2026 ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން އާއިޝަތު އަފްރީން މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ކުރިއަށްދިޔަ މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އެކަމަނާ ވަނީ މުބާރާތުގެ 17 އަހަރުން ދަށުގެ ފައިނަލް މެޗު ބައްލަވާލައްވައި، މުބާރާތުގެ ޗެމްޕިއަން ޓީމުތަކަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވާފައެވެ.
މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ މި މުބާރާތުގައި 2 އުމުރުފުރާއަކުން ޓީމުތައް ވާދަކުރިއެވެ. އެގޮތުން 15 އަހަރުން ދަށުގެ އުމުރުފުރާގައި 14 ޓީމު، އަދި 17 އަހަރުން ދަށުގެ އުމުރުފުރާގައި 11 ޓީމު ވަނީ ވާދަކޮށްފައެވެ.
މި މުބާރާތުގެ 15 އަހަރުން ދަށުގެ ފައިނަލުގައި 18-14 އިން ހިރިޔާ ސްކޫލް ބަލިކޮށް، ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުން ވަނީ ތަށި ދިފާއުކޮށްފައެވެ. އަދި 17 އަހަރުން ދަށުގެ ޗެމްޕިއަންކަންވެސް ޣިޔާސުއްދީނުން ހޯދީ ފައިނަލް މެޗުގައި 46-27 ގެ ބޮޑު ފަރަގަކުން ހުރަވީ ސްކޫލު ބަލިކުރުމަށްފަހުއެވެ.
މި މުބާރާތަކީ ރާއްޖޭގައި ނެޓްބޯޅަ ކުރިއަރުވައި ތަރައްގީކޮށް، ޒުވާނުންގެ ހުނަރު ކުރިއެރުވުމަށް، ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ސިލްސިލާ މުބާރާތެކެވެ. މީގެ ކުރިން މި މުބާރާތް ބާއްވަމުން އައިސްފައިވަނީ އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތުގެ ނަމުގައެވެ.