ENGLISH

25 ޖޫން 2026

Advertisement

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް ޑރ. ޝަބީނާ ހަމަޖައްސަވައިފި

25 ޖޫން 2026

|

ޢަލީ ޝަހީމް

ރާއްޖޭން އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް ހަމަޖެއްސެވި ޑރ. މަރްޔަމް ޝަބީނާ އަޙްމަދު

ރާއްޖޭން އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ އަޙްމަދު ހަމަޖައްސަވައިފިއެވެ. 

ޑރ. ޝަބީނާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވީ އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި 49 މެންބަރުންގެ ވޯޓާ އެކު އެވެ. ޑރ. ޝަބީނާ އަކީ މެލޭޝިއާއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. 

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޑރ. ޝަބީނާ އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވީ މޭ 13 ވަނަ ދުވަހު އެވެ. އަދި ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީގެ ދިރާސާއަށްފަހު ޑރ. ޝަބީނާއަށް ކޮމިޓީން ރުހުންދިނީ ޖޫން 22 ވަނަ ދުވަހުއެވެ. 

ޑރ. ޝަބީނާ އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް ހަމަޖެއްސެވިއިރު އިއްޔެގެ މަޖިލީހުގައި ވަނީ މާލީ ވަޒީރުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަންކުރައްވާފައިވާ ޙަސަން ޒަރީރަށް ރުހުން ދިނުމަށްވެސް މަޖިލީހުން ފާސްކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު