ENGLISH

24 ޖޫން 2026

Advertisement

މަންމަ މަރުވުމާ ގުޅިގެން ފްރާންސްގެ ކޯޗު ޑެޝޯމްޕްސް އެނބުރި ޤައުމަށް

24 ޖޫން 2026

|

އިސްމާއިލް ޝާހު

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް --- ފޮޓޯ: ރޮއިޓަރސް

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސްގެ މަންމަ މަރުވުމާ ގުޅިގެން، ޖަނާޒާގައި ބައިވެރިވުމަށް އޭނާ އެނބުރި ޤައުމަށް ދާން ނިންމާފައިވާ ކަމަށް ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުން (އެފްއެފްއެފް) އިން ހާމަކޮށްފިއެވެ. މިކަމުގެ ސަބަބުން ވޯލްޑް ކަޕް 2026 ގެ ގްރޫޕް އައިގައި ނޯވޭއާ ދެކޮޅަށް ކުޅޭ ފަހު މެޗުގައި އޭނާއަށް އިރުޝާދު ނުދެވޭނެއެވެ.

އެފްއެފްއެފްއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނޯވޭ އާއި ފްރާންސް ބައްދަލުކުރާ މެޗުގެ ކުރިން ބާއްވާ ތަމްރީނުތަކުގައި ޑެޝޯމްޕްސް ބައިވެރިނުވާނެ ކަމަށާއި، އަދި ހުކުރު ދުވަހު ކުޅޭ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އޭނާ ބެންޗުން ނުފެންނާނެ ކަމަށެވެ.

ކޯޗުގެ މަންމަ ނިޔާވި ޚަބަރު އޭނާއަށް ލިބުނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. މި ހިތާމަވެރި ދަނޑިވަޅުގައި އޭނާ ވަނީ ޖަނާޒާގެ ކަންކަމުގައި ބައިވެރިވުމަށް ފްރާންސަށް ދިޔުމަށް ނިންމާފައެވެ.

ފްރާންސް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ފިލިޕް ޑިއާލޯއާ މަޝްވަރާކުރުމަށްފަހު، ޑެޝޯމްޕްސް އެނބުރި އަންނަންދެން ޓީމުގެ ހުރިހާ މަސްއޫލިއްޔަތެއް މިހާރު ވަނީ އެސިސްޓަންޓް ކޯޗު ގައި ސްޓެފަންއާ ހަވާލުކޮށްފައެވެ.

މުބާރާތުގެ ފުރަތަމަ ދެ މެޗުގައި ސެނެގޯލް އަތުން 3-1 ގެ ނަތީޖާއަކުން އަދި އިރާގު އަތުން 3-0 ގެ ނަތީޖާއަކުން ފްރާންސް މޮޅުވެފައިވާތީ، އެ ޓީމު ވަނީ މިހާރުވެސް މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު