ENGLISH
22 ޖޫން 2026
މިލަންދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް؛ ފައުންޑޭޝަން ފުޓިން މަސައްކަތް ކުރިއަށް
22 ޖޫން 2026
|
މިލަންދޫގައި އިމާރާތްކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް ކުރިއަށް- ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ށ. މިލަންދޫގައި އިމާރާތްކުރާ އިސްލާމީ މަސައްކަތުގެ ތެރެއިން މިހާރު ފައުންޑޭޝަން ފުޓިންގ މަސައްކަތް ކުރަމުންދާކަމަށް އެ މަޝްރޫއާ ހަވާލުވެ ކުރިއަށްގެންދާ ކުންފުނި، މޯލްޑިވްސް ޓްރާންްސްޕޯޓް އެންޑް ކޮންޓްރެކްޓިިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީ އިން ވަނީ، އެ އިމާރާތުގެ ލީން ކޮންކްރީޓް މަސައްކަތް އެއްކޯށް ނިންމާލާފައެވެ.
މީގެ އިތުރުން، އެ ކުންފުނިން ބުނީ މިހާރު ކުރިއަށްދަނީ ފައުންޑޭޝަން ފުޓިންގ އަދި ޓައި ބީމް މަސައްކަތް ކަމަށެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުއެވެ.
އެގޮތުން، މި މަރުކަޒުގެ މަސައްކަތް ފެއްޓުމަށް ބިންގާ އަޅުއްވާދެއްވީ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު، ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
މިލަންދޫގައި އިމާރާތްކުރާ އިސްލާމީ މަރުކަޒުގެ އިތުރުންވެސް ސަރުކާރުން އަންނަނީ އެރަށުގައި ގިނަ މަޝްރޫއު ތަކެއް ކުރިއަށް ގެންދަމުންނެވެ.
އޭގެތެރެއިން، އެރަށުގައި ހިންގުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތްތައްވެސް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކުރެވިފައިވެއެވެ.
މީގެ އިތުރުން، މިލަންދޫގައި ވޮލީބޯޅަ ކޯޓަކާއި ފުޓްސަލް ކޯޓެއްގެ މަސައްކަތް ނިންމައި ވަނީ ހުޅުވާލެވިފައެވެ.