ENGLISH
22 ޖޫން 2026
ބޯހިޔާވަހިކަމަށް އެދުނު ފަރާތްތަކުގެ މަޢުލޫމާތު ކަށަވަރުކުރަން ފަށައިފި
21 ޖޫން 2026
|
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތަކެއް. ބޯހިޔާވަހިކަމަށް އެދި ހުށަހެޅި ފޯމްތައް ބެލުމުގެ މަސައްކަތް ވަނީ ފަށާފައި. ފޮޓޯ: އެޗްޑީސީ
އެންމެ މަޤްބޫލު
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށައެޅި ބައިލައްކައަށްވުރެ ގިނަ އެޕްލިކޭޝަންގެ ކްރޮސް ވެރިފިކޭޝަންގެ މަސައްކަތް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
މިއަހަރުގެ ޖެނުއަރީ 18 ގައި ހުޅުވައިލި ފުރުޞަތުގެ މުއްދަތު މިމަހުގެ 15 ވަނަ ދުވަހަށް ވަނީ ހަމަވެފައެވެ. ފްލެޓަށް އެދި 35900 އަށްވުރެ ގިނަ އެޕްލިކޭޝަން އަދި ގޯއްޗަށް އެދި 22000 އަށްވުރެ ގިނަ އެޕްލިކޭޝަން ވަނީ ހުށަހަޅައިފައެވެ. ކްރޮސް ވެރިފިކޭޝަނަކީ ފޯމުގައި ހުށައެޅި މަޢުލޫމާތުތައް، ދައުލަތުގެ އެކި އިދާރާތަކުގައި ހުރި މަޢުލޫމާތާއި އަޅައިކިޔައި މާލޭގައި ދިރިއުޅުނު ކަމަށް ބުނާ މަޢުލޫމާތު ފަދަ ކަންކަން ޔަގީންކުރުމުގެ މަރުޙަލާއެއް ކަމަށް އެ ވުޒާރާއިން ބުނެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ ހައުސިން މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން އިދާރީ ކަންކަން ދުރާލައި ފެށިފައިވަނީ އެ މަސައްކަތް އެންމެ ރަނގަޅަށް ކުރެވޭނެ ވަގުތު ހޯދުމަށް ކަމަށެވެ. ބައިލައްކައަށްވުރެ ގިނަ ފޯމުގެ ކްރޮސް ވެރިފިކޭޝަނަށް ވަގުތު ނަގާނެ ކަމަށް ވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.
ކުރީގައި ހިންގާފައިވާ ހައުސިން މަޝްރޫޢުތަކާއި ޚިލާފަށް މިފަހަރު ހައުސިންއަށް ސަރުކާރުން ވަނީ ދުރާލާ ހުޅުވާލާފައެވެ. އަދި މިއަހަރުގެ ތެރޭގައި ހައުސިންގެ ގިނަ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށުމުން ކުރިއަށް އޮތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި މިމަސައްކަތް ނިމިގެންދާއިރު އާންމުންނަށް ވަގުތުން އެތަންތަނަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ބަލާއިރު މީގެކުރިން ހިންގާފައިވާ މަޝްރޫޢުތަކުގައި ދައުރު ހަމަވުމާ ކައިރިކޮށްފައި ބޯހިޔާވަހިކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން އެކަން ވެފައި އޮންނަނީ ރައްޔިތުންގެ ކަންބޮޑުވުމާ އަދި ޝަކުވާއާއި ކުރިމަތިވެ، ދެން އަންނަ ދައުރެއްގައި ހަވާލުވާ ފަރާތްތަކަށް ކުރިމަތިވާ ތަކުލީފު ބޮޑު ޒިންމާއަކަށެވެ. އެކަން ބަދަލުކުރުމުގައި މި ސަރުކާރުން ގެންދަނީ ބޯހިޔާވަހިކަމަށް ހާއްސަ އިސްކަމެއްދެމުންނެވެ.