ENGLISH
19 ޖޫން 2026
މާލޭ އެރޭޓެޑް ވޯޓަރ ކޮމްޕެނީން ދިވެހި ފުޓްބޯޅަ ލެޖެންޑުންގެ އަގުވަޒަންކޮށްފި
18 ޖޫން 2026
|
މާލޭ އެރޭޓެޑް ވޯޓަރ ކޮމްޕެނީން ދިވެހި ފުޓްބޯޅަ ލެޖެންޑުންގެ އަގުވަޒަންކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
މާލޭ އެރޭޓެޑް ވޯޓަރ ކޮމްޕެނީ (އެމްއޭޑަބްލިއުސީ) ގެ ފަރާތުން ދިވެހި ފުޓްބޯޅައިގެ ލެޖެންޑުންނާއި ކުރީގެ ކުޅުންތެރިންގެ އަގުވަޒަންކޮށް، އެ ފަރާތްތަކަށް ޝަރަފު އެރުވުމަށް ބޭއްވި ޚާއްސަ ހަފުލާގައި ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގެންފިއެވެ.
ހޮޓެލް ޖެންގައި މިއަދު ބޭއްވި މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ރާއްޖޭގެ ފުޓްބޯޅައިގެ ބިންގާ އެޅުއްވި އިސްވާރުންނާއި ލެޖެންޑުންގެ ޚިދުމަތްތައް ފާހަގަކޮށް، އެފަރާތްތަކުގެ އަގުވަޒަންކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މާލޭ އެރޭޓެޑް ވޯޓަރ ކޮމްޕެނީން ދިވެހި ފުޓްބޯޅަ ލެޖެންޑުންގެ އަގުވަޒަންކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ
މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕަކީ ހަމައެކަނި ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ތަރިން ފާހަގަކުރާ މުނާސަބަތެއް ނޫންކަން ފާހަގަކުރައްވައި، އެއީ ރާއްޖޭގެ ފުޓްބޯޅައިގެ ސަގާފަތް ބައްޓަންކުރުމުގައި ބުރަ މަސައްކަތާއި، ގުރުބާނީ އަދި ލޯތްބާއެކު ޚިދުމަތްކުރެއްވި ފަރާތްތަކުގެ އަގުވަޒަންކުރުމަށް ލިބޭ މުހިންމު ފުރުސަތެއްކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ދިވެހި ފުޓްބޯޅައިގެ ތާރީޚާއި ތަރިކަ ރައްކާތެރިކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ކުރިމަގުގެ ޖީލުތަކުން މި ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރި ފަރާތްތަކުގެ ކިބައިން ނަމޫނާ ލިބިގަތުމަށް މަގުފަހިކޮށްދިނުމަށް ވަޒީރު ބާރުއެޅުއްވިއެވެ.