ENGLISH

20 ޖޫން 2026

Advertisement

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފަށް ބެއިރޫތަށް ހަމަލާދީފި

14 ޖޫން 2026

|

އައިމިނަތު ޝަފާ

މިއަދު ޔަހޫދީން ބެއިރޫތަށް ދިން ހަމަލާތަކުގެ ތެރެއިން. ފޮޓޯ؛ މެހްރް ނިއުސް އޭޖެންސީ.

އެމެރިކާ އާއި އީރާނުން ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން އެކުލަވާލި އެއްބަސްވުމުގައި ދެ ގައުމު ސޮއިކުރުމުގެ ވަގުތު ޖެހެނިކޮށް އަދި ލުބުނާނާއެކު ވެފައިވާ ހަނގުމާ ހުއްޓާލުމުގެ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފަށް ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ދެކުނު ސަރަހައްދަށް އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ އަސްކަރިއްޔާއިން މި ހަމަލާތައް އަމާޒުކޮށްފައިވަނީ ބެއިރޫތުގެ ދެކުނުގައި އޮންނަ ދާހިޔާ އަށެވެ. އިސްރާއީލުން ބުނަމުންދަނީ މި ހަމަލާއަކީ ހިޒްބުﷲގެ ބިނާރުތަކަށް އަމާޒުކޮށްދިން ހަމަލާއެއް ކަމަށެވެ.

ޔަހޫދީންގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ހަނގުރާމައާ ބެހޭ ވަޒީރު އިސްރާއީލް ކަޓްޒް ނެރުނު  ގުޅިފައިވާ ބަޔާނުގައި ހަމަލާދިން ސަބަބެއްކަމަށް ބުނީ ހިޒްބުﷲ އިން އިސްރާއީލުގެ ސަރަހައްދަށް ހަމަލާދީފައިވާތީއެވެ. ނަމަވެސް ހިޒްބުﷲ އިން ހަމަލާދީފައިވާކަން ބުނުން ފިޔަވައި އިތުރު ތަފްސީލެއް ހާމައެއްނުކުރެއެވެ.

ނަމަވެސް މިދިޔަ އެޕްރީލް މަހު ވެފައިވާ ހަނގުރާމާ ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން ތަކުރާރުކޮށް ދަނީ ހިލާފުވަމުންނެވެ. އެގޮތުން އިސްރާއީލުގެ ސިފައިން ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް އަރައިގަނެ، އެ ތަންތަން ހިފައިގެން ތިބުމުގެ އިތުރުން، ކޮންމެ ދުވަހަކުވެސް ދަނީ ލުބުނާނަށް ނުރައްކާތެރި ހަމަލާތައް ދެމުންނެވެ. 

މި ހަމަލާތަކުގެ ސަބަބުން ސަރަހައްދީ މަސްލަހަތު އިތުރަށް ގޯސްވެ، ހަނގުރާމާ ހުއްޓާލުމުގެ އެއްބަސްވުން މުޅިން އުވައިގެން ހިނގައިދާނެކަމުގެ ބިރު ވަނީ ހީވެފައެވެ.

އިސްރާއީލުގެ މި އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފަށް ހިންގަމުންދާ ޖަރީމާތަކެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު