ENGLISH
25 ޖުލައި 2026
ކްލަބް މޯލްޑިވްސްއިން ބާއްވާ ހަތަރު މުބާރާތެއްގެ ގުރު ނަގައިފި
14 ޖޫން 2026
|
ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި ހިމެނޭ ހަތަރު މުބާރާތެއްގެ ގުރު ނެގުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ކުލަބު މޯލްޑިވްސް
އެންމެ މަޤްބޫލު
މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި ހިމެނޭ ހަތަރު މުބާރާތެއްގެ ގުރު ނަގައިފިއެވެ.
ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި ހަތް މުބާރާތެއް ހިމެނޭއިރު، މީގެ ކުރިން ވަނީ ކިންގްސް ކަޕް އަދި ކިޑްސަލް މުބާރާތުގެ ކުޅުން ފަށާފައެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެގްޒިބިޝަން ހޯލުގައި ރޭ ކްލަބް މޯލްޑިވްސްއިން ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި ގުރު ނަގާފައިވަނީ ކްލަބް މޯލްޑިވްސް ކަޕާއި، ކްލަބް މޯލްޑިވްސް ކަޕް ކްލަސިކުގެ އިތުރުން އެއިޓީން ތާޓީ ކްލެސިކް އަދި ސެކްޓަރ ލީގުގެއެވެ. ދެން ބާކީ އޮންނާނީ އެއިޓީން ތާޓީއެވެ.
ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގެ އެންމެ ފޯރިގަދަ މުބާރާތް ކަމަށްވާ ކުލަބު މޯލްޑިވްސް ކަޕުގައި މި ފަހަރު 17 ޓީމެއް ވާދަކުރާއިރު، މި ޓީމުތައް ވަނީ ހަތަރު ގްރޫޕަކަށް ބަހާލާފައެވެ. ގްރޫޕް އޭ، ބީ އަދި ސީގައި ހަތަރު ޓީމު ހިމެނޭއިރު، ގްރޫޕް ޑީގައި ފަސް ޓީމު ހިމެނެއެވެ.
މި މުބާރާތުގެ ކުޅުން މި މަހުގެ 21 ވަނަ ދުވަހު ފަށާއިރު، ގްރޫޕް އޭގައި ހިމެނެނީ އެމްޕީއެލް، ސްޓެލްކޯ ރެކްރިއޭޝަން ކުލަބު، ކުލަބު ޓީޓީއެސް އަދި ޕޮލިސް ކުލަބެވެ. ގްރޫޕް ބީގައި އެމްއޭއޭސީއެލް، ފެނަކަ ރެކްރިއޭޝަން ކުލަބު، ޔުނައިޓެޑް ބީއެމްއެލް އަދި ކަސްޓަމްސް ރެކްރިއޭޝަން ކުލަބު ހިމެނޭއިރު، ގްރޫޕް ސީގައި ހިމެނެނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އެސްޓީއޯ ރެކްރިއޭޝަން ކުލަބު، ކުލަބު އެމްޓީސީސީ، ޓީމު އެފްއެސްއެމް އަދި ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އެވެ. އަދި ގްރޫޕް ޑީގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ)، ކުލަބު ވެމްކޯ، ކުލަބު އެޗްޑީސީ، ކުލަބު އިމިގްރޭޝަން އަދި ފެން ކުލަބެވެ.
ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަނުގައި ހިމެނޭ ކްލަސިކް މުބާރާތުގެ ކުޅުން މި މަހުގެ 18 ވަނަ ދުވަހު ފަށާއިރު، މި މުބާރާތުގައި 19 ޓީމެއް ވާދަކުރެއެވެ. މި ޓީމުތައް ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭ، ބީ އަދި ސީގައި ފަސް ޓީމު ހިމެނެއެވެ. އަދި ގްރޫޕް ޑީގައި ހިމެނެނީ ހަތަރު ޓީމެވެ.
މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ޓީމު އެޗްޕީއެސްއެން، ހުޅުމާލެ ހޮސްޕިޓަލް، ބަންޑާރަ ކުލަބު، ރައްޔިތުންގެ މަޖިލިސް އިދާރާ (ޕެމާ) އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އެވްސެކް) އެވެ.
ގްރޫޕް ބީގައި ކުލަބު ކްރިމިނަލް ކޯޓު (ސީއާރްސީ)، ކުލަބު ޑީޖޭއޭ، އިޤުތިޞާދީި ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާ (އެމްއީޑީޓީޓީ)، ހެލްތު ރެކްރިއޭޝަން ކުލަބު އަދި ކުލަބު އެސްއެމްއީ ޑިޖިޓަލް ހިމެނޭއިރު، ގްރޫޕް ސީގައި ހިމެނެނީ މިދިޔަ އަހަރުގެ ރަނަރަޕް ކުލަބު ބިނާރާ، ކުލަބު އެމްއެމްއޭ، ވިޒިޓް މޯލްޑިވްސް ކުލަބު، ތަޢުލީމީ ގުޅުން އަދި ޕީއެސްއެމްއެވެ. މި މުބާރާތުގެ ގްރޫޕް ޑީގައި ހިމެނެނީ ކުލަބު ބީސީސީ، ފައިނޭންސް ރެކްރިއޭޝަން ކުލަބު، ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއަށް ނިސްބަތްވާ ދިވަރު ރެކްރިއޭޝަން ކުލަބެވެ.
ކްލަބް މޯލްޑިވްސްއިން ކުރިއަށްގެންދާ އެއިޓީން ތާޓީ ކްލަސިކް މުބާރާތުގައި މިފަހަރު ޖުމްލަ ނުވަ ޓީމު ވާދަކުރާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ފަސް ޓީމު ހިމެނޭއިރު، ގްރޫޕް ބީގައި ހިމެނެނީ ހަތަރު ޓީމެވެ.
ގްރޫޕް އޭގައި ހިމެނެނީ ހެލްތު ރެކްރިއޭޝަން ކުލަބު، ޕްރިޒަން ކުލަބު، އެސްޓީއޯ ރެކްރިއޭޝަން ކުލަބު، ހުޅުމާލެ ހޮސްޕިޓަލް އަދި ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއެވެ. ގްރޫޕް ބީގައި ހިމެނެނީ ސްޓެލްކޯ ރެކްރިއޭޝަން ކުލަބު، ޓީމު އެމްއޭސީއެލް، ޔުނައިޓެޑް ބީއެމްއެލް އަދި ކުލަބު އެޗްޑީސީއެވެ.
ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގެ އެންމެ ފަހު މުބާރާތުގެ ގޮތުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ސެކްޓަރ ލީގުގައި ޖުމްލަ 20 ޓީމު ބައިވެރިވެފައިވާއިރު، ކޮންމެ ގްރޫޕެއްގައި ފަސް ޓީމު ހިމެނޭއިރު، މި މުބާރާތުގެ ކުޅުން ފަށާނީ އަންނަ ޖުލައި މަހުގެ 19 ވަނަ ދުވަހެވެ.
ސެކްޓަރ ލީގުގެ ގްރޫޕް އޭގައި ހިމެނެނީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، މާލެ އެރޭޓެޑް ވޯޓަރ ކޮމްޕެނީ (ޓީމު އެމްއޭޑަބްލިއުސީ)، ވެލިގާ ހާޑްވެއަރ އަދި ބިއޯންޑް ރެކްރިއޭޝަން ކުލަބު ހިމެނޭއިރު، ގްރޫޕް ބީގައި ހިމެނެނީ މިދިޔަ އަހަރުގެ މުބާރާތުގެ ރަނަރަޕް ކުލަބު ހޯކްސް، ކުލަބު ލޯކަލްޗަރ، ހެޕީ މާކެޓް އަދި މާކޯ ރެކްރިއޭޝަން ކުލަބެވެ. ގްރޫޕް ސީގައި ސްޓޭޓް ބެންކް އޮފް އިންޑިއާ (އެސްބީއައި)، ލިއޯ ފުޓްބޯލް ކުލަބު، ބަރޮސް މޯލްޑިވްސް، ކުލަބު އެޕޯލޯ ހިމެނޭއިރު، ގްރޫޕް ޑީގައި ހިމެނެނީ މިދިޔަ އަހަރުގެ ޗެމްޕިއަން އެރީނާ ހޮޓެލްސް، ސިލްވަރ ސޭންޑްސް، ޔޫރޯ ރެކްރިއޭޝަން ކުލަބު އަދި ރާއްޖެ އޮންލައިން ކުލަބު (އާރްއޯއެލް) އެވެ. މީގެ އިތުރުން މި މުބާރާތުގެ ގްރޫޕް އީގައި ހިމެނެނީ ކުލަބު އާރްސީސީ، ޓީމު ވިލާ، މެޑްޓެކް އަދި މީޑިއާނެޓެވެ.