ENGLISH
19 ޖޫން 2026
އިންތިހާބުގެ ވޯޓުލުން ނިމެން ގަޑިއިރަކަށްވީއިރު މީދޫ ރައީސްގެ ވޯޓުގައި %85 މީހުން ވޯޓު ލައިފި
13 ޖޫން 2026
|
މީދޫ ކައުންސިލުގެ ރައީސް އިންތިހާބުކުރުމުގެ ވޯޓުގެ ތެރެއިން
އެންމެ މަޤްބޫލު
ދ.މީދޫ ކައުންސިލުގެ ރައީސް އިންތިހާބުކުރުމުގެ އިތުރުބުރުގެ ވޯޓު ނެގުމުގައި މެންދުރުފަހު 3:00 އާ ހަމައަށް 85 އިންސައްތަ މީހުން ވޯޓުލައިފިއެވެ.
މި އިންތިހާބުގައި 1،049 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ 483 އަންހެނުންނާއި 566 ފިރެހުންނެވެ. މިހާތަނށް 890 މީީހަކު އިންތިހާބުގައި ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ. ވޯޓުނުލަނީ 159 މީހުންނެވެ.
ވޯޓުލީ މީހުންގެ ތެރެއިން 398 މީހުންނަކީ އަންހެނުންނެވެ. އަދި 492 ފިރިހެނުން މިހާތަނަށް ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.
މި އިންތިހާބުގައި ވާދަކުރަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ ކެނޑިޑޭޓް ސުހާ އިބްރާހީމްއާއި މޯލްޑިވިއަން ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ކެނޑިޑޭޓް މުހައްމަދު ޝާހިދެވެ.
އިންތިހާބުގެ ވޯޓުލުން މިއަދު ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެއެވެ.