ENGLISH

20 ޖޫން 2026

Advertisement

އީރާނާއި އެމެރިކާއާ ދެމެދު އެކުލަވާލާ އެއްބަސްވުމުގެ މުހިންމު ނުކުތާތައް ހާމަކޮށްފި

13 ޖޫން 2026

|

އައިމިނަތު ޝަފާ

މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން އެމެރިކާއާ އެކު ހަދާ އެއްބަސްވުމުގެ މުހިންމު ނުކުތާތައް އީރާނުގެ މެހްރް ނިއުސް އޭޖެންސީން ހާމަކޮށްފިއެވެ. 

ސާދަ ނުކުތާއެއްގެ މައްޗަށް އެކުލެވޭ މި މައުލޫމާތުތަކީ ސުލްހައިގެ އެއްބަސްވުމާ ގުޅޭގޮތުން މިހާތަނަށް އާންމުވި އެންމެ ތަފްސީލީ މައުލޫމާތުތަކެވެ.

އިރާން- އެމެރިކާ އެއްބަސްވުމުގެ މުހިންމު ނުކުތާތައް:

  1. ލުބުނާނު ހިމެނޭހެން މެދުއިރުމަތީގެ ހުރިހާ ގައުމެއްގައި ކުރަމުންދާ ހަނގުރާމަ ދާއިމީކޮށް ހުއްޓާލުން.
  2. އީރާނުގެ ދާޚިލީ ކަންކަމާ ނުބެހުމާއި އެ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އެމެރިކާއިން އިހުތިރާމްކުރުން.
  3. 30 ދުވަހުގެ ތެރޭގައި އީރާނާ ދެކޮޅަށް ކަނޑު މަގުން އަޅާފައިވާ ހުރިހާ ހުރަސްތަކެއް އުވާލުން.
  4. އީރާނުގެ ވަށައިގެންވާ ސަރަހައްދުތަކުން އެމެރިކާގެ ސިފައިން ބޭލުމަށް އެމެރިކާއިން އެއްބަސްވުން.
  5. އީރާނުން ނިންމާ އިންތިޒާމުތަކެއްގެ ދަށުން 30 ދުވަހުގެ ތެރޭގައި ހުރުމުޒް ކަނޑުއޮޅި ހުޅުވާލުން.
  6. އިރާނުގެ ތެލާއި ގޭހުގެ އުފެއްދުންތަކަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލައި، އީރާނުގެ މާލީ ވަސީލަތްތައް ބޭނުންކުރުމުގެ ފުރުސަތު ފުރިހަމައަށް ދިނުން.
  7. އީރާނު އަލުން ބިނާކުރުމަށް އެމެރިކާއާއި އެމެރިކާގެ ބައިވެރިން މަދުވެގެން 300 ބިލިއަން ޑޮލަރުގެ މަޝްރޫއުތަކެއް ހުށަހެޅުން.
  8. ނިއުކްލިއާ މައްސަލައިގައި ފަހުގެ އެއްބަސްވުމަކަށް އައުމަށާއި، އދ. ގެ ސަލާމަތީ މަޖިލީހާއި އައި.އޭ.އީ.އޭ ގެ ގަރާރުތައް އުވާލުމަށް 60 ދުވަހުގެ މުހުލަތެއް ކަނޑައެޅުން.
  9. ނިއުކްލިއާ ހަތިޔާރު ނުއުފެއްދުމަށް އީރާނުން ވެފައިވާ 'އެން.ޕީ.ޓީ' އެއްބަސްވުމަށް އިހުތިރާމްކުރާނެކަން ކަށަވަރުކޮށްދިނުން.
  10. މަޝްވަރާގެ މުއްދަތުގައި އެމެރިކާއިން އެ ސަރަހައްދަށް އިތުރު ސިފައިން ނުފޮނުވުމަށް އެއްބަސްވުން.
  11. ހިފަހައްޓާފައިވާ އީރާނުގެ 24 ބިލިއަން ޑޮލަރު ދޫކޮށްލުން. މީގެ ތެރެއިން ދެބައިކުޅަ އެއްބައި މަޝްވަރާތައް ފެށުމުގެ ކުރިން ދޫކުރަންޖެހެއެވެ.
  12. އެއްބަސްވުން ތަންފީޒުވަމުންދާ މިންވަރު ބަލާނެ ނިޒާމެއް ގާއިމުކުރުން.
  13. ނިހާއީ އެއްބަސްވުން އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރަކުން ތަސްދީގުކުރުން.
  14. އީރާނުގެ މިސައިލް ޕްރޮގްރާމާއި ސަރަހައްދީޖަމާއަތްތަކަށް ދޭ އެހީތެރިކަމާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ނުކުރުން.

އިރާނުން ބުނީ މި ދެލިކޮޕީ މިހާރު އޮތީ އީރާނުގެ ކަމާބެހޭ މުއައްސަސާތަކުން ދިރާސާކޮށް ނިންމަންޖެހޭ ކަންކަން ނިންމުމުގެ މަރުހަލާގައިކަމަށެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މި އެއްބަސްވުމަކީ މެދުއިރުމަތީގެ މަސްރަހަށް ބޮޑު ބަދަލެއް އަންނާނެ އެއްބަސްވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު