ENGLISH

10 ޖޫން 2026

Advertisement

އަށް ވަނަ ޓީޗަރުންގެ ކޮންފަރެންސް ސެޕްޓެމްބަރުގައި ބާއްވަނީ

10 ޖޫން 2026

|

އައިމިނަތު ޝަފާ

ދެ އަހަރުން އެއް އަހަރު ބާއްވާ ޓީޗަރުންގެ ކޮންފަރެންސް އަންނަ ސެޕްޓެމްބަރު މަހުގެ 12 އިން 13އަށް ބާއްވަން ނިންމައިފިއެވެ.

މިއީ، މި ކޮންފަރެންސް ބާއްވާ އައް ވަނަ ފަހަރެވެ.

މި އަހަރު ބާއްވާ ކޮންފަރެންސްގެ ޝިޢާރަކީ ރީއިމޭޖިން، ރީތިންކް، ރިފޯމް: އެޑްވާންސިންް އިނޮވޭޝަން ފޯ އަ އިކުއިޓަބަލް އެންޑް ރެޒިލިއަންޓް ފިއުޗާ އެވެ.

ނެޝަނަލް އިންސްޓިޓިއުޓް ފޯރ އެޑިޔުކޭޝަން-- އެންއައިއީއިން ބުނެފައިވާ ގޮތުގައި މި ކޮންފަރެންސަށް ރިސާޗް ޕޭޕަރުތަކާއި ކޮންސެޕްޓް ޕޭޕަރުތަކާއި ރިވިއު ޕޭޕަރުތަކުގެ އިތުރުން ޕޯސްޓަރުތައް ހުށައެޅޭނެއެވެ.

އިނގިރޭސި ބަހުންނާއި ދިވެހި ބަހުން އެބްސްޓްރެކްޓްސް ހުށައަޅަން ޖެހޭ ތާރީހަކީ ޖުލައި މަހުގެ 12 ވަނަ ދުވަހެވެ.

އެބްސްޓްރެކްޓްސް ހުށައަޅަން ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:

  • ތަޢުލީމުގައި ހަމަހަމަކަމާއި، އިންކްލޫޝަން އަދި އިޖްތިމާޢީ ޢަދުލުވެރިކަން
  • 21ވަނަ ގަރުނުގެ ލާރނިން ގެ ކަރިކިއުލަމް، ޕެޑަގޮޖީ އަދި އެސެސްމަންޓް
  • ތަޢުލީމީ ލީޑަރޝިޕް އަދި ޕޮލިސީ
  • ޓީޗަރ ޓްރެއިނިން، ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް އަދި އޭޖެންސީ
  • އާޓިފިޝަލް އިންޓެލިޖެންސް، ސްޓީމް އަދި ޑިޖިޓަލް ޕެޑަގޮޖީ
  • ވެލްބީން، ސޯޝަލް އިމޯޝަނަލް ލާރނިން އަދި ރެޒިލިއަންސް
  • އިސްލާމް ދީނާއި ދިވެހި ބަހާއި ސަގާފަތް ދެމެހެއްޓެނިވި ގޮތެއްގައި އަދި ޒިންމާދާރު ރަށްވެހިކަން
  • ކޮމްޕެރޭޓިވް އެޑިޔުކޭޝަން އެންޑް ލައިފްލޯންގް ލާނިން

އެންއައިއީއިން ބުނެފައިވަނީ، ތައުލީމީ ދާއިރާ އަލުން ތަސައްވުރުކޮށް މުސްތަގްބަލަށް އަމާޒުހިފުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު ތައުލީމީ ދާއިރާގެ އެންމެގައި ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު