ENGLISH

01 ޖޫން 2026

Advertisement

ތިލަފުށީގައި އެއްގަމު ތޮށިލައި ކޮންކްރިޓް ޕޭވްމަންޓު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

01 ޖޫން 2026

|

ފާތުމަތު އަދާ

މޮލްޑިވްސް ޕޯސްޓް ލިމިޓެޑްގައި މިއަދު ބޭއްވި ރަސްމީޔާތުގެ ތެރެއިން /ފޮޓޯ:އެމްޓީސީސީ

ކ.ތިލަފުށީގައި އެއްގަމު ތޮއްޓެއް ހަދައި ކޮންކްރިޓް ޕޭވްމަންޓު އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއްކުރެއްވީ ސީއީއޯ ކެޕްޓަން ހުސެއިން ޝަފީގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީ އެވެ.

އެމްޓީސީސީއިން ބުނީ މި މަސައްކަތުގެ ދަށުން، ބަނދަރު ބޭސިން ހިއްކުމާއި، 112 މީޓަރު އެއްގަމު ތޮށި ޝީޓްޕައިލްކުރުމާއި، 30 ޓަނުގެ ބޯލާޑްސް ޖެހުމާއި އަދި ކޮންކްރީޓް ޕޭވިންގްގެ މަސައްކަތް ކުރިއަށްދާނޭ ކަމަށެވެ.

މި މަަސައްކަތްތައް 120 ދުވަސްތެރޭ ނިންމަން ޖެހެ އެވެ. މަޝްރޫޢުގެ އަގަކީ 18.80 މިލިއަން ރުފިޔާ އެވެ.

އެމްޓީސީސީއާ ގުޅިގެން ސަރުކާރުން އަންނަނީ ގިނަ އަދަދެއްގެ މަޝްރޫއު ކުރިއަށް ގެންދަމުންނެވެ.  

ކިޔުންތެރިންގެ ހިޔާލު