ENGLISH
31 މޭ 2026
ފުވައްމުލަކު ސިޓީގެ ފުލުހުންގެ އެކޮމަޑޭޝަން އިމާރާތުގެ ފައުންޑޭޝަންގެ މަސައްކަތްތައް ނިންމައިފި
31 މޭ 2026
|
ފުވައްމުލައް ސިޓީ ފުލުހުންގެ އިމާރާތުގެ މަސައްކަތް ކުރަނީ--ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ފުވައްމުލަކު ސިޓީގެ ފުލުހުންގެ އެކޮމޮޑޭޝަން އިމާރާތުގެ ފައުންޑޭޝަން މަސައްކަތްތައް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެރަށުގައި ފުލުހުންގެ އެކޮމޮޑޭޝަންގެ ބްލޮކްގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުވައްމުލަކަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ފުވައްމުލައް ސިޓީ ފުލުހުންގެ އިމާރާތުގެ މަސައްކަތް ކުރަނީ--ފޮޓޯ: އެމްޓީސީސީ
މި މަޝްރޫޢުގެ ދަށުން ތައްޤީކުރާ އެކޮމަޑޭޝަން ބްލޮކަކީ 11,946 އަކަފޫޓުގެ ސަރަހައްދެއްގައި ތިން ފަންގިފިލާގެ އިމާރާތްކުރާ ތަނެކެވެ. އެއިން ކޮންމެ ފަންގިފިލައެއްގައި 3982 އަކަފޫޓު ހުންނާނެ އެވެ. މިއީ 19.17 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ގިނަ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ދެމުންދިޔައީ، ޚިދުމަތް ދެވޭނެ އެކަށީގެންވާ ފެންވަރުގެ ޢިމާރާތެއް ނެތި ކަމަށް ވަޒީރު ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.
އެހެންކަމުން ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ގިނަ ފުލުހުންނަށް ތިބެވޭނެ ގޮތަށް ޒަމާނީ ވަޞީލަތްތައް ހިމެނޭހެން ފުލުހުންގެ އިމާރާތްތައް އެޅުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ.