ENGLISH

30 މޭ 2026

Advertisement

ގުރޫމް ކުރުމުގެ ކުށުގެ ދައުވާ ހިމެނޭހެން އަފްލަޙުގެ މައްޗަށް ހަ ދައުވާއެއް އުފުލައިފި

30 މޭ 2026

|

އަޙުމަދު ޙަމީދު

ހމ. ޚައިރާތު، ޢަލީ އަފްލަޙު

ކ.މާލެ، ހމ. ޚައިރާތު، ޢަލީ އަފްލަޙުގެ މައްޗަށް ކުރެވޭ ޖިންސީގޯނާގެ ތުހުމަތާއި ގުޅިގެން މައްސަލަ ތަޙުޤީޤުކޮށް ދަޢުވާ އުފުލައިފި އެވެ.

އެކަން ޕީޖީ އޮފީހުން އެމްއެމްޓީވީއަށް ވަނީ ޔަޤީންކޮށްދީފަ އެެވެ. ބްރައިޓް މައިންޑްސް ޓިއުޝަން ސެންޓަރުގެ ވެރިއެއް ކަމަށްޗާ އަފްލަޙްގެ މައްޗަށް، އެކިދުވަސްމަތިން އިތުބާރު ކުރެވޭ މަޤާމެއްގައި ހުރެ، އުމުރުން 16 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީގޯނާ ކޮށްފައިވާ ކަމަށް ތުޙުމަތުކޮށް ހައްޔަރުކުރީ ފެބްރުއަރީ 11 ވަނަ ދުވަހު އެވެ.

އެ މައްސަލަ ތަޙުޤީޤުކޮށް ފުލުހުން ވަނީ ދަޢުވާ ކޮށްދޭން އެދި ޕީީޖީ އޮފީހަށް ފޮނުވާފަ އެވެ. އެ އޮފީހުން މިއަދު ބުނީ އޭނާގެ މައްޗަށް ދައުވާ އުފުލާ މައްސަލަތައް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް އުފުލާފައިވަނީ:

1. ޖިންސީ ކުށުގެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން މަޙްރަމަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ 3 ދަޢުވާ އާއި

2. ކުޑަކުންދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 123 ވަނަ މާއްދާއާ ޙަވާލާދީ، އެ މާއްދާގެ (ޅ) ގެ ދަށުން، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށްޓަކައި އެ ކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދަޢުވާ އާއި

3. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ އާއި

4. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ޢަދުލު އިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ

ތަޙުޤީޤުން ހާމަވި ގޮތުގައި އަފްލަޙް ވަނީ އެ ކުއްޖާގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރާއި ހަަމައަށް އެކި ދުވަސްމަތީން ޖިންސީ ގޯނާ ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު