ENGLISH
29 މޭ 2026
"އައިޓީބީ ޗައިނާ 2026" ގައި ބައިވެރިވެ، މޯލްޑިވިއަނުން ކާމިޔާބު މަސައްކަތެއް
29 މޭ 2026
|
އެންމެ މަޤްބޫލު
ޗައިނާގެ ފަތުރުވެރިކަމުގެ މާކެޓަށް ޚާއްޞަކޮށްގެން ބާއްވާ އެންމެ ބޮޑު އެއް ބީޓީބީ ޓްރޭޑް އެގްޒިބިޝަން ކަމަށްވާ "އައިޓީބީ ޗައިނާ 2026"ގައި ޤައުމީ އެއާލައިން މޯލްޑިވިއަނުން ބައިވެރިވެ، ކާމިޔާބު މަސައްކަތްތަކެއް ނިންމާލައިފިއެވެ.
މި މައުރަޒު ކުރިއަށްދިޔައީ މި މެއި މަހުގެ 26 އިން 28 އަށް، ޝަންހާއީގެ ވޯލްޑް އެކްސްޕޯ އެގްޒިބިޝަން އެންޑް ކޮންވެންޝަން ސެންޓަރުގައެވެ.
މޯލްޑިވިއަނުން ބުނީ، އައިޓީބީ ފެއާގެ ތެރެއިން ދިވެހިރާއްޖެ މުޅި ދުނިޔެއާ ގުޅުވައިދިނުމުގެ މުހިއްމު މަސައްކަތް ކުރެވިގެންދިޔަ ކަމަށެވެ.
"ސަނީ ސައިޑް އޮފް ލައިފް" ގެ ނަމުގައި ދިވެހިރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ ފުރިހަމަ މެހެމާންދާރީ އާއި ދަތުރުފަތުރުފެ ފަސޭހަކަމުގެ އިތުރުން ފަތުރުވެރިކަމުގެ ތަފާތު ތަޖުރިބާތައް މުޅި ދުނިޔެއަށް ދައްކާލުމުގެ ފުރުޞަތު ލިބިގެންދިއުމުން ފަޚުރުވެރިވާ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
ޗައިނާއަކީ، ރާއްޖޭގެ ފަތުރުވެރިކަމަށް މުހިއްމު މާކެޓަކަށްވާއިރު، އައިޓީބީ ޗައިނާއަކީ ރާއްޖެ އިޝްތިހާރު ކުރުމަށާއި ވިޔަފާރީގެ އައު ގުޅުންތައް ޤާއިމުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.