ENGLISH

29 މޭ 2026

Advertisement

މަށިމާލި ޕެރޭޑުގެ ސަބަބުން އީދުގެ އިޖުތިމާއީ ރޫހު ހަރާބުވެގެންދޭ: އާޒިމާ

29 މޭ 2026

|

އައިމިނަތު ޝަފާ

ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު

މަށިމާލި ޕެރޭޑުގެ ސަބަބުން އީދުގެ އިޖުތިމާއީ ރޫހު ހަރާބުވެގެންދާކަމަށް ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.

އާޒިމާ ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އީދަކީ އާއިލީ އަދި މުޖުތަމައުގެ ގުޅުން ބަދަހިކޮށްދޭ މުނާސަބަތެއްކަމަށާއި އަދި ކޮންމެ ރަށެއްގައިވެސް މި އުފާވެރިކަމުގައި އެންމެން ބައިވެރިވަމުންދާކަމަށެވެ.

ކަންމިހެންއޮތްއިރު މަށިމާލި ޕެރޭޑުގެ ސަބަބުން މުޅި ރާއްޖެއިން ފެންނަމުންދާ އީދުގެ އުފާވެރި އިޖުތިމާއީ ރޫހު މުޅިން ހަރާބުވެގެންދާ ކަމަށް ގަބޫލުކުރެއްވޭ ކަމަށް އެކަމަނަ ވިދާޅުވި އެވެ.

ސިޔާސީ ކަންކަމާއި މުޖުތަމައުގައި ދެކެވޭ ވާހަކަތަކަށް ހަޖޫޖަހައި އީދާއި ގުޅުވައިގެން ކުޅުދުއްފުށީގައި ބާއްވާ މަށިމާލި ޕެރޭޑް އިއްޔެ ބާއްވާފައިވާއިރު އެފަދަ ކަންކަން ހުއްޓުވުމަށް ސިޓީ ކައުންސިލުން ވެސް ބަޔާނެއް ނެރުނެވެ. އަދި ޢީދު ޚުޠުބާގައިވެސް، އީދު ފާހަގަކުރުމުގެ ނަމުގައި މީހުންނަށް ފުރައްސާރަކުރުމާއި މަލާމާތް ނުކުރުމަށް ގޮވާލާފައިވެއެވެ. 

އަދި މަށިމާލި ޕެރޭޑުގެ ބައެއް ކަންކަމަށް އެރަށުގެ ރައްޔިތުން ވެސް ހިމެނޭހެން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. 

އާޒިމާގެ މި ވާހަކަފުޅުތަކަށް ވެސް ގިނަ ބަޔަކު ވަނީ ތާއީދުކޮށްފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު