ENGLISH
29 މޭ 2026
ގެއްލިގެން ދިޔައީ ހީވާގި ޚިދުމަތްތެރިއެއް، ރައީސްގެ ހެޔޮ ދުޢާ އާއި ތަޢުޒިޔާ
29 މޭ 2026
|
އެންމެ މަޤްބޫލު
ލ. ދަނބިދޫގެ ތަރައްގީ އަށް ގިނަ މަސައްކަތްތަކެއް ކުރައްވައި، ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ޢަބްދުﷲ ޝަރީފް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެ އެވެ.
ޢަބްދުﷲ ޝަރީފް އަވަހާރަވުމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ލ.ދަނބިދޫ، ނިރިލި، އަލްމަރްޙޫމް ޢަބްދުﷲ ޝަރީފަކީ، ގެދޮރުވެރިކަމާބެހޭ ވުޒާރާގެ ކޯޑިނޭޓަރެއްގެ މަޤާމުގައި، އެމަނިކުފާނާ ގާތުން މަސައްކަތްކުރެއްވި ބޭފުޅެއްކަން ފާހަގަކުރައްވާފަ އެވެ. އަދި މަރްޙޫމް ޢަބްދުﷲ ޝަރީފަކީ ދަނބިދޫ ކަތީބުކަމާއި ހިންގުމުގެ ދާއިރާގެ އިތުރުން އެހެން ވަޒީފާތައްވެސް އަދާކުރެއްވި ހީވާގި ހިދުމަތްތެރިއެއްކަމަށް ރައީސް ވިދާޅުވި އެވެ.
އަދި މަރްޙޫމް ޢަބްދުﷲ ޝަރީފަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ރައީސް ވަނީ ދުޢާ ދަންނަވާފަ އެވެެ.