ENGLISH
29 މޭ 2026
ކާވާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕް: ރޭންކިންގ ފަހު މެޗުގައި ބަންގްލަދޭޝް އަތުން ރާއްޖެ މޮޅުވެއްޖެ
28 މޭ 2026
|
ކާވާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން. ފޮޓޯ: ކާވާ
އެންމެ މަޤްބޫލު
ނޭޕާލްގައި މިހާރު ކުރިއަށްދާ ކާވާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ކުޅުނު ރޭންކިންގ ފަހު މެޗުގައި ބަންގްލަދޭޝް އަތުން ރާއްޖެ މޮޅުވެއްޖެއެވެ.
މި ނަތީޖާއާއެކު ރާއްޖޭން ވަނީ އަށް ޓީމު ވާދަކުރި މުބާރާތުގެ ހަތްވަނަ މަޤާމު ހާސިލްކޮށްފައެވެ. އެންމެ ފުލަށް ދިޔައީ ބަންގްލަދޭޝް އެވެ. ސްރީ ލަންކާ އަށް ހަވަނަ ލިބުނުއިރު، ފަސްވަނަ އަށް ދިޔައީ ކިރްގިސްތާނެވެ.
ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގައި ކުރިއަށްދާ މުބާރާތުގެ ރޭންކިންގ ބުރުގެ ފަހު މެޗުގައި ބަންގްލަދޭޝް އަތުން ރާއްޖެ މޮޅުވީ ފަހަތުންއަރައި 3-1 ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓު 27-25 އިން ބަންގްލަދޭޝް ގެންގޮސްފައިވަނިކޮށް، ރާއްޖޭން ދެވަނަ ސެޓު ކާމިޔާބުކުރީ 25-11 އިންނެވެ.
މުބާރާތުގައި ރާއްޖެއާ ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ކާވާ
އެއަށްފަހު، ދެން ކުޅުނު ތިންވަނަ ސެޓުގައި 25-17 އަދި ހަތަރުވަނަ ސެޓުން 25-12 އިން ކުރިހޯދައި، ރާއްޖޭން މެޗު ކާމިޔާބުކުރިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމުގެ ކެޕްޓަން، ހައްވާ ރާޝިދާ (ހައްވަ) އެވެ.
މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ކަޒަކިސްތާނާ އިންޑިއާ ބައްދަލުކުރާއިރު، ދެވަނަ ސެމީގައި އީރާން ނިކުންނާނީ ނޭޕާލާ ދެކޮޅަށެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.