ENGLISH

26 މޭ 2026

Advertisement

ރައީސް، ޙައްޖު ދުވަހުގެ ތަޙުނިޔާ ފޮނުއްވައިފި

25 މޭ 2026

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ވަޒީރު ޝަހީމް --

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޙައްޖު ދުވަހުގެ ތަޙުނިޔާ ފޮނުއްވައިފި އެވެ.

އެމަނިކުފާނު ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މި ދުވަހުގެ ތަޙުނިޔާ ދިވެހި ހުރިހާ ރައްޔިތުންނަށް ފޮނުއްވާފަ އެވެ.

އަދި ރަޙްމަތާއި ބަރަކާތާއި ބާއްޖަވެރިކަމާއި ރުއްސެވުމާއި ފުއްސެވުމުގެ މި ބަރަކާތްތެރި ދުވަހުގެ ހެޔޮ ދަރުމައާއި ޘަވާބު ދިވެހި ކޮންމެ ލޮބުވެތި ރައްޔިތަކަށްމެ ދެއްވުން އެދި ދުއާކުރައްވާފައިވެ އެވެ.

މި އަހަރުގެ ޙައްޖު ދުވަހަކީ މާދަމާ އެެވެ. ޙައްޖު ދުވަހަކީ ދުނިޔެމައްޗަށް އިރުއަރާ އެންމެ ހެޔޮ ދުވަހެވެ.

މި ދުވަހު ޙައްޖުވެރީން އަރަފާތު ބިމަށް ޖަމާވާނެ އެވެ. އަދި މެންދުރު ނަމާދާއި އަސުރު ނަމާދު ކުުރުމަށް ފަހު އިރުއޮއްސުމާއި ހަމައަށް ދުޢާކުރުމާއި ގުރުޢާން ކިޔެވުމާއި ޒިކުރު ކުރުމުގައި ދެމިތިބޭނެ އެވެ.

ޙައްޖަށް ދިއުމުގެ ފުރުސަތު ނުލިބޭ މީހުން މި ދުވަހު ރޯދައަށް ހުރުމަކީ ވަރަށް މާތް އަޅުކަމެވެ. މިއީ ދެ އަހަރު ދުވަހުގެ ކުށްފާފަތަކުގެ ކައްފާރާއެއް ކަމުގައި ވުމަށް އުންމީދު ކުރައްވާ ކަމުގައި ނަބިއްޔާ ހަދީޡް ކުރައްވާފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު