ENGLISH
24 މޭ 2026
ސާފް ވިމެންސް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ގައުމީ އަންހެން ޓީމު އިންޑިއާއަށް
23 މޭ 2026
ސާފް ވިމެންސް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް އިންޑިއާއަށް ފުރި ގައުމީ އަންހެން ޓީމު --- ފޮޓޯ: ވަން ސްޕޯޓްސް
އެންމެ މަޤްބޫލު
އިންޑިއާގެ ގޯއާގައި ބޭއްވުމަށް ހަމަޖެހިފައިޗާ ސާފް ވިމެންސް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ފުރައިފިއެވެ. މުބާރާތުގައި ވާދަކުރުމަށް އަންހެން ޓީމު ފުރާފައިވަނީ މިރޭގެ ވަގުތެއްގައެވެ.
މި މަހުގެ 25 އިން ޖޫން މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ގޯއާގެ ފަޓޯޑާ ސްޓޭޑިއަމްގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖެ ހިމެނިފައިވަނީ ވަރުގަދަ ގްރޫޕެއްގައެވެ. އެގޮތުން ރާއްޖެ ހިމެނެނީ އިންޑިއާ އަދި ބަންގްލަދޭޝް އާއެކު ގްރޫޕް ބީގައެވެ. މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ނޭޕާލް، ސްރީ ލަންކާ އަދި ބޫޓާނެވެ.
ރާއްޖެއާ އެއް ގްރޫޕެއްގައި ހިމެނޭ ބަންގްލަދޭޝް އަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. އަދި މި ގްރޫޕުގައި ދެން ހިމެނޭ އިންޑިއާއިން ވަނީ މި މުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފައެވެ.
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 25 ވަނަ ދުވަހު އިންޑިއާއާ ދެކޮޅަށް ނުކުންނައިރު، ބަންގްލަދޭޝްއާ ވާދަކުރާނީ މި މަހުގެ 28 ވަނަ ދުވަހެވެ. ޖުމްލަ ހަ ގައުމު ވާދަކުރާ މި މުބާރާތް ކުރިއަށްދާނީ ތިން ޓީމު ހިމެނޭ ދެ ގުރޫޕުގައި ކޮންމެ ޓީމަކުން ކޮންމެ ޓީމަކާ ކުޅެ، އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެ ޓީމެއް، ސެމީ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.
މި މުބާރާތުގައި ރާއްޖޭގެ ޓީމަށް އިރުޝާދުދޭނީ ތަޖުރިބާކާރު ކޯޗު ސޮބާހު މުޙައްމަދު (ސޮބާ) އެވެ.