ENGLISH
14 މޭ 2026
ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި ނޫނީ ހޮސްޕިޓަލްތަކަށް ނުދިއުމަށް އެދެފި
14 މޭ 2026
|
އައިޖީއެމްއެޗް ހޮސްޕިޓަލް-
އެންމެ މަޤްބޫލު
ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި ނޫނީ ހޮސްޕިޓަލްތަކަށް ޒިޔާރަތް ނުކުރުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އިލްތިމާސް ކޮށްފިއެ ވެ.
އެ ހޮސްޕިޓަލުން ނެރުނު ނޫސްބަޔާނު ގައި ވަނީ، މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ރޯގާ ފެތުރެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެދިފަ އެވެ.
އެގޮތުން، ރޯގާއިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް ވަނީ ބުނެދީފަ އެވެ.
އޭގެތެރޭގައި، ހުންއައިސް ގައިގައި ބިހި ނެގުންފަދަ އަލާމާތެއް ފެނިއްޖެނަމަ، މާސްކު އަޅައި ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އެހެންނަމަވެސް ބަލި ހާލަތުގައި އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންނުކުރުމަށް ސަމާލުކަން ދިނުމަށް ވެސް ވަނީ އެދިފައެވެ.
އިތުރަށް އެބަޔާނުގައި ވަނީ، ސާފުތާހިރުކަމަށް ހާއްސަ އިސްކަމެއްދިނުމާއި، ކުޑަކުދިންނަށް ޖެހުމަށް ގައުމީ ތާވަލުގައި ހިމެނިފައިވާ ވެކްސިންތައް އަދާހަމަ ކުރުމާއި، ކެއްސާ ނުވަތަ ކިނބިހި އަޅާއިރު، އަނގަޔާއި ނޭތްފަތް ރަނގަޅަށް ނިވާކުރުމާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ދާއިރު، މާސްކު އެޅުމާއި، ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ މާހިރެއްގެ އިރުޝާދުގެ ދަށުން ފަރުވާ ހޯދުމުގެ އިތުރުން މަދިރި އާލާވާ ތަންތަން ބަލައި، ގޯތިތެރެއާއި ވަށާއިގެންވާ މާހައުލު ސާފުކުރުން އިލްތިމާސްކޮށްފައެވެ.
މިދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ބަލިމަޑުކަން އަންނަނީ ފެތުރެމުންނެވެ. މިކަމާ ގުޅިގެން އެޗްޕީއޭ އިން ވަނީ ޑެންގީ އަދި އިންފުލުއެންޒާ ފެތުރެމުންދާތީވެ ސަމާލުވުމަށްވެސް އިލްތިމާސްކޮށްފައެވެ.
މިހަފްތާގެ ތެރޭގައި މީގެ ކުރިން ރާއްޖެއިން ނައްތާލެވިފައިވާ ގައިންގަޔަށް އަރާ ބައްޔެއްކަމަށް ވާ ހިމަބިއްސަށްވެސް ދެ މީހަކު ޕޮޒިޓިވް ވެފައިވާކަން ފާހަގަކޮށްލެވެއެވެ.