ENGLISH

14 މޭ 2026

Advertisement

ޙައްޖާއި ގުޅޭ މުހިއްމު ފޮތްތަކެއް ހިލޭ ބަހަން ފަށައިފި

14 މޭ 2026

|

އަޙުމަދު ޙަމީދު

ޙައްޖާއި ގުޅޭ މުހިއްމު ފޮތްތަކެއް ހިލޭ ބަހަން ފަށައިފި

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ޙައްޖުވެރިންނަަށް ޙައްޖާއި ގުޅޭ މުހިއްމު ފޮތްތަކެއް ހިލޭ ބަހަން ފަށައިފި އެވެ.

އެގޮތުން މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލާމުގައި ކުރިއަށްދިޔަ ޙައްޖުވެރިންގެ ފުރަތަމަ ތަމްރީން ބައްދަލުވުމުގެ ތެރެއިން، ވުޒާރާއިން ވަނީ ފޮތް ހަދިޔާކޮށްފަ އެވެ.

މީގެ ތެރޭގައި މި ފަހުން ތަރުޖަމާކޮށް ނިންމާފައިވާ "ކީރިތި ޤުރުއާނާއި ސުންނަތުގެ އަލީގައި ޙައްޖާއި ޢުމްރާގެ އަޅުކަން" އަދާކުރާނެ ގޮތާއި، "އަލްމަސްޖިދުއްނަބަވީއަށް ޒިޔާރަތް ކުރުން" މި ފޮތް ހިމެނެ އެވެ.

މި ފޮތް ތަރުޖަމާކޮށްދެއްވީ އައްޝައިޚް ޢަބްދުލްޤާދިރު މުޙައްމަދު އެވެ. އަދި މުރާޖަޢާކޮށްދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ.

މިއަހަރުން ފެށިގެން މި ފޮތާއި، ޙައްޖާއި ޢުމްރާއާއި ގުޅޭ އެކި ފޮތްތައް، ރާއްޖެއިން ފުރާ އެންމެހާ ޙައްޖުވެރިންނަށް ފޯރުކޮށްދިނުމަށް ވުޒާރާއިން ވަނީ ނިންމާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު