ENGLISH
10 މޭ 2026
ކުޑަކުދިންނަަަށް ކުރިމަތިވަމުންދާ އައު ނުރައްކާތަކާމެދު ފާރަވެރިވުމަށް ރައީސް އިލްތިމާސްކުރައްވައިފި
10 މޭ 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތުއްތުކުއްޖަކާ ސަލާމްކުރައްވަނީ
އެންމެ މަޤްބޫލު
ޒަމާނީ ޓެކްނޮލޮޖީގެ އެކި ވަސީލަތްތަކުގެ ސަބަބުން ކުޑަކުދިންނަށް ކުރިމަތިވަމުންދާ އައު ނުރައްކާތަކާމެދު ސަަމާލުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ކުޑަކުދިންގެ ދުވަހުގެ މުނާސަބަަތުގައި މިއަދު ފޮނުއްވި ހިތާބުގައި ރައީސްް ވިދާޅުވީ މިއަދަކީ ކުޑަކުދިންގެ ހައްގުތަކަށް ރައްކާތެރިވުމަށާއި، އެކުދިންނަށް އުފާވެރި މާހައުލެއް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތައް އާލާކޮށް ދިރުވުމަށް އާހިތްްވަރަކާއެކު އަޒުމްތައް އާކުރަން ލިބޭ ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވީ ކުޑަކުދިން ހެދިބޮޑުވަމުންދާއިރު އެ ކުދިންނަށް އަޅައިލުމާއި އޯގާތެރިކަމާއި ލޯބި ލިބުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ. އަދި އާއިލާގެ ތެރެއިންނާއި ސުކޫލު މާހައުލުން ކުދިންނަށް ހިތްވަރުދީ، ރަނގަޅު މަގު ދައްކައިދިނުމަކީ ކޮންމެ ބޮޑު މީހެއްގެ ވާޖިބެއް ކަަމަށްވެސް ރައީސް ވިދާޅުވިއެވެ.
" މިއަދުގެ ކުޑަކުދިންނަކީ، މާދަމާ ޤައުމާ ހަވާލުވާނެ ޒުވާނުން ކަމުގައި ވީހިނދު، އެ ކުދިންނަކީ އިސްލާމީ ރިވެތި އުޞޫލުތަކާއި ދިވެހިވަންތަ އާދަކާދަތަކަށް އަހުލުވެރިވެފައިވާ، އަޚްލާޤު ރަނގަޅު ބަޔަކަށް ހެދުމަށް އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ،" އެމަނިކުފާނު ވިދާޅުވިއެވެ.
ކުޑަކުދިންނަކީ ގައުމުގެ މުސްތަގުބަލުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެކުދިންނަށް ރަނގަޅު ތައުލީމާއި ތަރުބިއްޔަތު ފޯރުކޮށްދިނުމަކީ ސަރުކާރާއި މުޅި މުޖުތަމައުގެ ބޮލުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ. އެގޮތުން ސަރުކާރުން އަބަދުވެސް މަސައްކަތްކުރަނީ އެ ކުދިންނަށް ބޭނުންވާ ސިއްހީ ފަރުވާއާއި ފެންވަރު ރަނގަޅު ތައުލީމު ލިބޭކަން ކަށަވަރުކުރުމަށް ކަމުގައި ވިދާޅުވިއެވެ.
އެމަަނިކުފާނު ވިދާޅުވީ ސަރުކާރުން ކޮންމެ ކުއްޖަކީވެސް ސްކޫލު ނިޒާމުގެ ތެރެއިން ފުރުސަތު ލިބިގެން ހެދިބޮޑުވަމުން އަންނަ ކުއްޖެއްކަން ޔަގީންކުރަމުންނެވެ. އަދި ހަމައެހެންމެ އެ ކުދިންނަށް ކުރިމަތިވާ އެކި ބާވަތުގެ ގޯނާތަކުން ރައްކާތެރިކޮށް، ސަލާމަތްތެރި މާހަައުލެއް ގާއިމުކޮށްދިނުމަކީ ދައުލަތުގެ އިސް އެއް ސިޔާސަތުކަން ރައީސް ފާހަގަކުރެއްވިއެވެ.
އޮންލައިން ދުނިޔޭގައި ކުޑަކުދިންނަށް އައު ނުރައްކާތައް ކުރިމަތިވަމުންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޒަަމާނީ އައުލީމާއި އަދި މުނިފޫހިފިލުވުމުގެ ފުރުސަތު ފަހިކުރުމަށް ކުޑަކުދިންގެ އަތަށް ދޭ ޒަމާނީ ވަސީލަތްތަކުގެ ސަބަބުން ބައެއް ކުދިންނަށް އިއާދަނުކުރެވޭ މިންވަރުގެ ބޮޑެތި ނުރައްކާތައް ކުރިމަތިވަމުންދާ ކަމަށެވެ.
" މިއީ މިފަދަ ދުވަހެއްގައި ކުޑަކުދިންގެ ޙައްޤުގައި މުދައްރިސުންނާއި ބެލެނިވެރިން، އާ ވިސްނުންތަކެއް ވިސްނަންޖެހޭ ދުވަހެއްް. ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް އެންމެން ގުޅިގެން ވިލުންތެރި މަސައްކަތްތަކެއް ކުރުމަށް އިލްތިމާސް ކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ހިތާބު ނިންމަވައިލެއްވީ ދިވެހި ހުރިހާ ކުޑަކުދިންނަކީ ދުޅަހެޔޮ ުއުފާވެރި އަދި ކާމިޔާބު ބައެއް ކަމުގައި ލެއްވުމަށާއި، އެކުދިންނަށް ރައްކާތެރި ލޯބި ލިބޭނެ ފާގަތި މުސްތަގުބަލެއް މިންވަރުކުރެއްވުން އެދިވަޑައިގެން މާތްﷲގެ ހަޟްރަތުގައި ދއާކުރައްވަމުންނެވެ. އަދި ގައުމުގެ ތަރައްގީއާއި ކުރިއެރުމުގައި މިއަދުގެ ކުޑަކުދިންގެ ހިއްސާ މާދަމާ ލިބޭނެ ކަމާމެދު ޝައްކެއް ނުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.