ENGLISH
10 މޭ 2026
"ސީ-ޓު-އެއާ" ކާގޯ ހިދުމަތް ފުޅާވަނީ؛ އޭޕްރީލްގައި 37 ޓަނުގެ މުދާ ބޭރުކުރި
09 މޭ 2026
|
އެމްޕީއެލް ސަރަހައްދު
އެންމެ މަޤްބޫލު
ނިމިދިޔަ އޭޕްރީލް މަހުގައި ވެސް މޯލްޑީވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ "ސީ-ޓު-އެއާ" ކާގޯ އޮޕަރޭޝަންސްގެ ހިދުމަތް ކާމިޔާބު ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ރާއްޖޭގެ އިގުތިސާދު ސިންދަފާތު ކުރުމަށް ފެށި މި ހިދުމަތަކީ ކަނޑުމަގުން އަންނަ މުދާ ވައިގެ މަގުން ދުނިޔޭގެ އެކި މަންޒިލްތަކަށް ފޮނުވައިދޭ، އަވަސް އަދި އިތުބާރު ހުރި ނިޒާމެކެވެ.
އެގޮތުން، "ސީ-ޓު-އެއާ" ކާގޯ އޮޕަރޭޝަންތަކުގައި 2026 ވަނަ އަހަރުގެ އޭޕްރީލް މަހު ފާހަގަކޮށްލެވޭ ޕާފޯމަންސެއް ރެކޯޑްކޮށްފައިވާއިރު، 37 ޓަނަށް ވުރެ ގިނަ ކާގޯ ބެލެހެއްޓުމާއި 8 ޓީއީޔޫ ޕްރޮސެސްކޮށްފައިވެއެވެ.
މިއީ މަލްޓިމޯޑަލް ފްރެއިޓް މޫވްމަންޓް ކުރިއަށް އޮތްތަނުގައި ކުރިއަރަމުންދާކަން ދައްކުވައިދޭ ކަމެއްކަން ފާހަގަކޮށްލެވެއެވެ.
މި އަދަދުތަކުން ދައްކުވައިދެނީ ޑެލިވަރީ ވަގުތާއި ސަޕްލައި ޗޭން ފްލެކްސިބިލިޓީ އެންމެ ރަނގަޅަށް ބެލެހެއްޓުމަށް ކަނޑުގެ ދަތުރުފަތުރާއި ވައިގެ ދަތުރުފަތުރު އެއްކޮށްލާ ވަރުގަދަ ކާގޯ ސޮލިއުޝަންތަކަށް ޑިމާންޑް އިތުރުވަމުންދާކަމެވެ.
އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އޭޕްރިލް މަހުގައި އެމިރޭޓްސް، އިއްތިހާދު އެއާވޭސް، ލުފްތަންސާ، އަދި ގަތަރު އެއާވޭސް ފަދަ ބައިނަލްއަގްވާމީ ކުންފުނިތަކުން "ސީ-ޓު-އެއާ" ކާގޯ އޮޕަރޭޝަންސް ގެ ހިދުމަތުގައި ބައިވެރިވެފައިވެއެވެ.
ޑެންމާކް، ފްރާންސް، ޖަރުމަން، އިޓަލީ، އަދި އިނގިރޭސިވިލާތުގެ މުހިންމު މަންޒިލްތަކަށް ކާގޯ ޝިޕްމަންޓްތައް ބަހާލުމުން މުދާ އުފުލުމާއި ލޮޖިސްޓިކްސް އޮޕަރޭޝަންތަކުގެ ސްޓްރެޓެޖިކް މާކެޓެއްގެ ގޮތުގައި ޔޫރަޕްގެ މުހިންމުކަން ދެމިއޮތްކަން ފާހަގަކޮށްލެވެއެވެ.
އޭޕްރީލް މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޮޕަރޭޝަނަލް ކެޕޭސިޓީ އެއްވަރެއްގައި ހުރުމާއި ބައިނަލްއަގްވާމީ ދާއިރާ ކުރިއަރަމުންދާއިރު، "ސީ-ޓު-އެއާ" ކާގޯ އޮޕަރޭޝަންސްގެ ހިދުމަތްތައް ޒަމާނީ ދުނިޔޭގެ ވިޔަފާރީގެ އަގުހުރި ބައެއްގެ ގޮތުގައި ބެހެއްޓިފައިވާކަން ފާހަގަކޮށްލެވެއެވެ.
އެމްޕީއެލްގެ އަމާޒަކީ ރާއްޖޭގެ އޮތް ޖިއޮގްރަފީ ގޮތުން މުހިންމު ސަރަހައްދުގެ ބޭނުންހިފައި، ބައިނަލްއަގުވާމީ އެއާލައިންތަކާއެކު އޮތް ގުޅުން ވަރުގަދަކޮށް، ރާއްޖެއަކީ ސަރަހައްދީ ލޮޖިސްޓިކްސް ހަބަކަށް ހެދުމެވެ.