ENGLISH
07 މޭ 2026
ރ.މާކުރަތު ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި
07 މޭ 2026
|
ރ.މާކުރަތު ފުޓްސަލް ދަނޑު/ފޮޓޯ:އެމްޓީސީސީ
އެންމެ މަޤްބޫލު
ރ.މާކުރަތުގައި ތަރައްޤީކުރާ ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
ރ.މާކުރަރުތުގައި ތަރައްޤީކުރާ ފުޓްސަލް ދަނޑުގެ އިތުރުން އެމްޓީސީސީން އަންނަނީ ރާއްޖޭގެ ގިނަ ރަށްރަށެއްގައި ފުޓްސަލް ދަނޑުތައް ތަރައްޤީކުރަމުންނެވެ.
ރ.މާކުރަތުގައި ތަރައްޤީކުރާ ފުޓްސަލް ދަނޑު މަޝްރޫއުގެ އިތުރުން އެ ރަށުގައި އިމާރާތްކުރި ޕޮލިސް ސްޓޭޝަންގެ މަސައްކަތް ނިމި މިދިޔަ އަހަރު ޑިސެމްބަރު މަހު ވަނީ ހުޅުވާލާފައެވެ.
މިދިޔަ އަހަރު ޖެނުއަރީ މަހު ރައީސުލްޖުމްހޫރިއްޔާ ރ. މާކުރަތަށް ކުރެއްވި ދަތުރުފުޅުގައި، އެރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން ރައްޔިތުންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވިއެވެ. މި ދަތުރުފުޅަށްފަހު، ރަށަށް ބޭނުންވެފައިވާ ގިނަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް ފަށައި، ހަލުވިކަމާއެކު މިހާރު ދަނީ ކުރިއަށްދަމުންނެވެ.