ENGLISH

08 މޭ 2026

Advertisement

މަރަދޫ ފޭދޫގައި އިމާރާތްކުރާ އެފްއާރުސީ: ކޮންކްރީޓްގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް

07 މޭ 2026

|

ފާތުމަތު އަދާ

ސ. މަރަދޫ-ފޭދޫގައި ޤާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު/ފޮޓޯ:އާރްޑީސީ

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ސ. މަރަދޫ-ފޭދޫގައި ޤާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަދާހަމަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހިއްސާކޮށްފިއެވެ.

މިއަދު އާރްޑީސީ އިން އެކްސް ގައި ކުރި ޕޯސްޓުގައި ބުނީ، ޓައި ބީމް ކޮންކްރީޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ސައިޓުގައި ކުރިއަށްދަނީ ކޮލަމް ކޮންކްރީޓް މަސައްކަތެވެ.

އާރްޑީސީއާ ހަވާލުކޮށްފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ ޤާއިމު ކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ނިމިދިޔަ އަހަރު ނޮވެމްބަރ ފަސް ވަނަ ދުވަހުއެވެ.

ސ. މަރަދޫ-ފޭދޫގައި ޤާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އިތުރުން އެ ރަށުގައި ސްވިމިން ޓްރެކެއްވެސް އަޅަން ވަނީ ހަމަޖެހިފައެވެ. އަދި މުހިއްމު އެހެނިހެން ދާއިރާތަކުގެ މަޝްރޫޢުތައް ވެސް އެރަށުގައި ގެންދަނީ ހިންގަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު