ENGLISH
08 މޭ 2026
ހިޓާޗީ "ފިނިފިނި ޕްރޮމޯ 2026" ފަށައިފި
07 މޭ 2026
|
ހިޓާޗީ "ފިނިފިނި ޕްރޮމޯ 2026"
އެންމެ މަޤްބޫލު
އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ކުރިއަށް ގެންދާ ހިޓާޗީ އޭސީ ޕްރޮމޯޝަން ފަށައިފިއެވެ.
"ފިނި ފިނި ޕްރޮމޯ" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ހެޔޮ އަގުތަކެއްގައި ހިޓާޗީގެ އޭސީތައް ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަންގައި ހިޓާޗީ އޭސީ ބައްލަވައިގަނެގެން، ކޮންމެ 1000 ރުފިޔާއަކަށް، ލަކީ ޑްރޯގައި ބައިވެރި ވުމަށް ކޫޕަނެއް ލިބިގެންދާނެއެވެ.
މީގެ އިތުރުން، ލަކީ ޑްރޯގެ ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް 40،000 ރުފިޔާގެ ހިޓާޗީ ބްރޭންޑުގެ ހޯމް އެޕްލަޔަންސް ޕެކޭޖެއް ލިބިގެންދާނެއެވެ.
ހިޓާޗީ ބްރޭންޑަކީ ދިވެހިންގެ ތެރޭގައި ނަން މަޝްހޫރު، ދިވެހިންގެ އިތުބާރު ލިބިފައިވާ ކޮލިޓީ ބްރޭންޑެކެވެ. ވަކިން ހާއްސަކޮށް ހިޓާޗީ އޭސީއަކީ ގިނަ ގެތަކުން ފެންނަ ޕްރޮޑަކްޓެއްކަން ފާހަގަކޮށްލެވެއެވެ.
ފިނި ފިނި ހިޓާޗީ ޕްރޮމޯޝަން 2026 ކުރިއަށްދާނީ 5 މޭ 2026 އިން ފެށިގެން 5 ޖުލައި 2026 ގެ ނިޔަލަށެވެ.
މި ޕްރޮމޯޝަން، މާލެ، ހުޅުމާލެ އަދި އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ހުރިހާ ރީޖަނަލް އައުޓްލެޓްތަކެއްގައިވެސް ކުރިއަށްދާނެއެވެ.