ENGLISH

08 މޭ 2026

Advertisement

އިންނަމާދޫ ހެލްތު ސެންޓަރުގެ އަމަލީ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް

07 މޭ 2026

|

ހަނާން އަހުމަދު ނައީމް

އިންނަމާދޫ ހެލްތް ސެންޓަރޔު ގާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ

ރ. އިންނަމާދޫގައި ގާއިމުކުރާ ހެލްްތް ސެންޓަރުގެ މަސައްކަތް ފެށިގެން ބާރު މިނުގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޮތް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ، މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ޕްލަންބިންގެ މަސައްކަތާއި ސްލެބްގެ މަސައްކަތްތައް ކަމަށެވެ.

މި މަޝްރޫއަކީ ސިއްހަތާ ބެހޭ ވުޒާރާއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އެގޮތުން މި މަޝްރޫއުގެ ކޮންޓްރެކްޓުގައި ސިއްހީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، އެ ވުޒާރާގެ ސްޓޭޓް ފޯ ހެލްތް، އަހުމަދު ގާސިމްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު، އަހުމަދު ސައުދީއެވެ.

މިއީ 10.06 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 5 އެނދުގެ ޖާގައާއެކު ބޭސްފިހާރައެއް ހެދުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު