ENGLISH

07 މޭ 2026

Advertisement

ދިފާއީ ދާއިރާއާއި ކަނޑުގެ ސަލާމަތާއި ގުޅޭ މަޝްވަރާތަކެއް އޮސްޓްރޭލިއާއާ އެކު ކޮށްފި

07 މޭ 2026

|

ހަނާން އަހުމަދު ނައީމް

ދިފާއީ ވުޒާރާއާއި އޮސްޓްރޭލިއާ އާ ދެމެދު ކުރިއަށް ދިޔަ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން

ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވަޒީރު ހަސަން ރަޝީދާއި އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕް މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ބައްދަލުވުމުގައި ދިފާއީ ދާއިރާއިން މީހުން ބިނާކުރުމާއި ކަނޑުގެ ސަރަހައްދުގެ ސަލާމަތާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފައިވެއެވެ.

ސަފީރު ޖެސަޕް ވަޒީރުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ދެ ގައުމުގެ މަސްލަހަތާ ގުޅޭ ގިނަ ދާއިރާތަކަކުން ވާހަކަ ދެކެވުނުކަމަށް ދިފާއީ ވުޒާރާއިން ބުނެއެވެ.

ދިފާއީ ވުޒާރާއިން ހާމަކުރި ގޮތުގައި، ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމާއި އިންސާނީ ވަސީލަތް ތަރައްގީކުރުމާއި ސަރަހައްދީ ހަމަޖެހުން ދެމެހެއްޓުމަށް ހާއްސަ އިސްކަމެއް ދީގެން މަޝްވަރާ ކުރެވިފައިވެއެވެ.

މި ބައްދަލުވުމުގައި ވަޒީރު ހަސަން ރަޝީދު ވަނީ ރާއްޖޭގެ ދިފާއީ ގާބިލުކަން އިތުރުކުރުމަށް އޮސްޓްރޭލިއާއިން ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަކީ ސަލާމަތީ ގޮންޖެހުންތަކަށް ގުޅިގެން އިޖާބަ ދިނުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ވަޒީރު ފާހަގަކުރައްވާފައިވެއެވެ.

އޮސްޓްރޭލިއާއަކީ ރާއްޖޭގެ ދިފާއީ ދާއިރާއަށް ބޮޑެތި އެހީތައް ފޯރުކޮށްދޭ ގައުމެކެވެ. އެގޮތުން، އެންމެ ފަހުން އޮސްޓްރޭލިއާ ސަރުކާރުން ދިވެހި ސިފައިންނަށް "ގާޑިއަން ކްލާސް" ޕެޓްރޯލް ބޯޓެއް ހަދިޔާކޮށްފައިވާއިރު، ދިވެހި ސަރުކާރުން ބުނެފައި ވަނީ އެއީ ސަރަހައްދީ ސަލާމަތް ކަށަވަރުކުރުމުގެ މަސައްކަތުގެ ތެރެއިން ހޯދި ބޯޓެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު