ENGLISH
07 މޭ 2026
މަނަދޫ ފުލުހުންގެ އިމާރާތުގައި މިހާރު ކުރިއަށްދަނީ ތިން ވަނަ ފަންގިފިލާގެ މަސައްކަތް
07 މޭ 2026
|
މަނަދޫގައި އިމާރާތް ކުރާ ފުލުހުންގެ އިދާރާގެ މަސައްކަތް ކުރިއަށްދަނީ--ފޮޓޯ:އެމްޓީސީސީ
އެންމެ މަޤްބޫލު
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނ. މަނަދޫގައި އިމާރާތްކުރާ ފުލުހުންގެ އިމާރާތުގެ މަސައްކަތުގެ މިހާރު ކުރިއަށްދަނީ ތިން ވަނަ ފަންގިފިލާގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެމްޓީސީސީން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ، މިހާރު ކުރިއަށްދަނީ އޮފީސް އިމާރާތުގެ ތިންވަނަ ފަންގިފިލާގެ ސްލެބް އެޅުމަށްޓަކައި ކުރަންޖެހޭ ފްރޭމްވޯކް ތައްޔާރުކުރުމާއި ރެއިންފޯސްމެންޓްގެ މަސައްކަތްތައް ކަމަށެވެ.
މަނަދޫގައި އިމާރާތް ކުރާ ފުލުހުންގެ އިދާރާގެ މަސައްކަތް ކުރިއަށްދަނީ--ފޮޓޯ:އެމްޓީސީސީ
މަނަދޫގައި ގާއިމްކުރާ ފުލުހުންގެ އިމާރާތާއެކު، ރައްޔިތުންނަށް އިތުރު އަމާންކަމާއި ރައްކާތެރިކަން ގެނެސްދިނުމަށް ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދިނުމަށް ފުލުހުންގެ ޚިދުމަތަށް ފަސޭހަވެގެންދާނެ އެވެ.
މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާ ކުރެއްވުމަށް ރައީސުލްޖުމާހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.
ރާއްޖޭގައި ކުށްކުރާ މީހުން މަދުކޮށް، ގާނޫނާއި ގަވާއިދަށް ދިވެހިން އުޅުމަށް ބާރު އެޅުމުގެ ގޮތުން ފުލުހުން ދެމުން އަންނަ ޚިދުމަތް ރަނގަޅު ފެންވަރަކަށް ދިނުމަށް ސަރުކާރުންނާއި، ފުލުހުންގެ ވުޒާރާއިން އަންނަނީ ތަފާތު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.