ENGLISH
30 އޭޕްރީލު 2026
ނަފްސާނީ ފަރުވާގެ އަވަސް ޚިދުމަތް ހަމަޖެއްސުމާ ގުޅޭ މުހިއްމު މަޝްވަރާތަކެއް ކޮށްފި
30 އޭޕްރީލު 2026
|
ނަފްސާނީ ފަރުވާގެ އިންތިޒާމު އަވަހަށް ހަމަޖެއްސުމާ ގުޅޭގޮތުން ބޭއްވި މަޝްވަރާގެ ތެރެއިން.
އެންމެ މަޤްބޫލު
ރާއްޖޭގައި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް، އެއްވެސް ލަސްކަމެއް ނެތި ފުރިހަމަ ޚިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި ބައްދަލުވުން ބޭއްވީ ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވަޒީރު ގީލާ ޢަލީ އާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ އަޙްމަދު އެވެ.
އިއްޔެ ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ނަމަވެސް، ނަފްސާނީ އެހީ ބޭނުންވާ މީހަކަށް ވީ އެންމެ އަވަހަކަށް ފަރުވާ ލިބޭނެ ނިޒާމެއް ބިނާކުރުމާއި، ހުރިހާ އުމުރުފުރާތަކަކަށް އަމާޒުކޮށްގެން ނަފްސާނީ ދުޅަހެޔޮކަމުގެ ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން، މި ދާއިރާގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން މަޝްވަރާކޮށްފައިވެއެވެ.
މި ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ، ނަފްސާނީ ބަލިތަކާ ގުޅުންހުރި ހާދިސާތަކުގައި ފުލުހުން ހަރަކާތްތެރިވާއިރު ދިމާވާ ގޮންޖެހުންތަކާއި، އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވައިފައެވެ.
މި މަޝްވަރާތަކުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް މިހާރަށްވުރެ ފެންވަރު ރަނގަޅުކޮށް، ރައްޔިތުންނަށް އިތުބާރު ހުރި ނިޒާމެއް ގާއިމްކޮށްދިނުމެވެ.