ENGLISH

28 އޭޕްރީލު 2026

Advertisement

މޯލްޑިވްސް-އިންޑިއާ ބިޒްނަސް އެންގޭޖްމަންޓް ސީރީޒް ފަށައިފި

28 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

މޯލްޑިވްސް-އިންޑިއާ ބިޒްނަސް އެންގޭޖްމަންޓް ސީރީޒް ފެށުން --

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބޭރުގެ މުހިންމު ބައިވެރިންނާއެކު އިޤްތިޞާދީ ގުޅުންތައް ބަދަހިކޮށް، އައު ފުރުޞަތުތައް ފަހިކުރުމަށް ގެންގުޅުއްވާ ތަޞައްވުރާ އެއްގޮތަށް، "މޯލްޑިވްސް-އިންޑިއާ ބިޒްނަސް އެންގޭޖްމަންޓް ސީރީޒް" ފަށައިފި އެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި، އިންވެސްޓް މޯލްޑިވްސް އަދި އިންޑިއާ ހައިކޮމިޝަން ގުޅިގެންނެވެ.

ސަރުކާރާއި ޕްރައިވެޓް ސެކްޓަރގެ އިސްވެރިން ބައިވެރިވެވަޑައިގަތް މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށާއި، ދެމެހެއްޓެނިވި ބައިވެރިވުންތަކެއް އުފެއްދުމުގެ އިތުރުން، ނަތީޖާ ނެރެވޭފަދަ ހަރަކާތްތެރި އިޤްތިޞާދީ ގުޅުމެއް ކުރިއެރުވުމުގެ މައްޗަށެވެ.

މި ސެޝަން ނިންމާލާފައިވަނީ، ދެޤައުމުގެ ދެމެދުގައި ކުރެވޭ މަޝްވަރާތައް ރަސްމީ އޮނިގަނޑެއްގެ ތެރެއަށް ފައްތައި، ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން މެދުނުކެނޑި ކުރިއަށްގެންދިއުމަށްޓަކައި "މޯލްޑިވްސް-އިންޑިއާ ބިޒްނަސް ކައުންސިލް" އެއް އުފެއްދުމަށް ނިންމުމަށް ފަހުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު