ENGLISH

28 އޭޕްރީލު 2026

Advertisement

މަސްވެރިންނަށް މިއަދު ހަ މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

27 އޭޕްރީލު 2026

|

ފާތުމަތު އަދާ

މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން މިއަދުވެސް ހަ މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފިއެވެ.

މިފްކޯއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެޕްރީލް 25 ވަނަ ދުވަހު ކިރުވި މަހަށް މިއަދު ޖަމާކޮށްފައިވަނީ 6،122،281 ރ. (ހަ މިލިއަން އެއްލައްކަ ބާވިސް ހާސް ދުވިސައްތައް އަށްޑިހަ އެއް ރުފިޔާ) އެވެ.

މިފްކޯއިން ބުނީ ކަޅުބިލަމަސް 23 ވަނަ ދުވަހު ކިރުވި 50 ދޯންޏަކަށް 6،003،126 ރ. (ހަމިލިއަން ތިން ހާސް އެއް ސަތޭކަ ސައްބީސް ރުފިޔާ) ޖަމާކޮށްފައިވާ ކަމަށެވެ. 

ދިހަ ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 6 ދޯންޏަކަށް 18،580ރ. (އަށާރަ ހާސް ފަސް ސަތޭކަ އަށްޑިހަ ރުފިޔާ) ޖަމާކޮށްފައިވާ އިރުގައި 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 14 ދޯންޏަކަށް ޖަމާކޮށްފައި ވަނީ 100،575 ރ. އެވެ.

މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގެ ގޮތުން މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް އަންނަނީ ފައިސާ ދޫކުރަމުންނެވެ. މި ސަރުކާރުން މަސްވެރިންނަށް ގަވާއިދުން ފައިސާ ދޭންފެށީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު